އަހަރީ ދުވަހުގެ ތަހުނިޔާ ޑިމޮކްރެޓުންނަށް ފޮނުވައިފި

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ކޮންގްރެސްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ފޮނުއްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒު

ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ފޮނުއްވާފަ އެވެ.

ޑިމޮކްރެޓްސް ވުޖޫދުވެގެން އައީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ. ޑިމޮކްރެޓުން ވަނީ ރިޔާސީ އިންތިހާބު ގައި ވެސް ވާދަ ކޮށްފަ އެވެ. އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ވެސް އެ ޕާޓީން ވަނީ ހޯދާފަ އެވެ.

ނަމަވެސް ނިމިދިޔަ މަޖިލީސް އިންތިހާބު ގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. އެ ޕާޓީގެ ޓިކެޓްގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ. އެކަށީގެންވާ ނަތީޖާއެއް ހޯދުނީ ވެސް ދެ ތީން ކެންޑިޑޭޓަކަށެވެ.

އެ ޕާޓީ އުފެއްދި ފޯރި ކެނޑި، ޕާޓީގެ ހަރަކާތްތައް ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އެތައް ހާސް މެންބަރުން އެ ޕާޓީއާ ގުޅޭނެ ކަމަށް އޭރު ބެލެވުނު ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން ޕާޓީގައި ތިބީ 4364 މެންބަރުންނެވެ. ޕާޓީ އުފެއްދުމުގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ބޭރުގެ ވަޒީފާއެއް ގައި ގައުމުން ބޭރުގަ އެވެ. ޕާޓީގެ އިސް އެކްޓިވިސްޓުން ވެސް ތިބީ ސަރުކާރު ހިންގާ ކޮންގްރެސްއާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.