ލާމުގެ ތިން ރަށް ދުބާއީ ކުންފުންޏަކަށް، ޓޫރިޒަމަށް ތަރައްގީ ކުރަން ފަށަނީ

ވިދާޅުވީ ކުރިއަށް އޮތް ދެ ތީން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ލާމުގެ ރިސޯޓެއް: ތިން ރަށެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި

ކްލޯސް-ބިޑިންގެ ތެރެއިން ދޫކުރަން ނިންމި ރަށްތަކުގެ ތެރެއިން ލާމުގެ ތިން ރަށް ދުބާއީގެ ކުންފުންޏަކަށް ދީފައިވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހައުސް ގައި ރޭ އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ލާމުގައި ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ކްލޯސް-ބިޑިންގެ ތެރެއިން ދޫކުރަން ނިންމި ރަށްތަކުގެ ތެރޭގައި ލާމުގެ ރަށްތައް ހިމެނީ އެ ބޭނުމުގައި ކަަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލާމުގެ ތިން ރަށަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ރަށްތައް ދުބާއީގެ ކުންފުންޏަކަށް ހަވާލުކޮށް އެވޯޑް ލެޓާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނީގެ ތަފްސީލެއް ރޭ މިނިސްޓަރު ނުދެއްވަ އެވެ.

އަދި ވިދާޅުވީ އެ ތިން ރަށުގެ ތެރެއިން އެއް ރަށަށް ދައްކަން ޖެހޭ ފައިސާ، އެ ކުންފުނިން މިހާރު މީރާއަށް ދައްކާފައިވާ ކަމަށެވެ. އަނެއް ދެ ރަށަށް ދައްކަން ޖެހޭ ފައިސާ ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެ ތީން މަސްތެރޭ އެ ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ އިތުރުން ލާމުގެ ބަރެސްދޫ ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ފެށުމަކީ އުންމީދު ދެއްކަމުގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށް މިހާރުވެސް ޗައިނާގެ ޕާޓީއަކުން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.