މީގެ ތިން އަހަރު ކުރީން ފެށި ތިލަމާލެ ބްރިޖު މަޝްރޫއުގެ 40.47 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރު ނިމުނުއިރު ބްރިޖު މަޝްރޫއުން ނިމުނީ 29 ޕަސެންޓެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނި އަޅަމުން ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތުން ނިމިފައިވަނީ 40 ޕަސެންޓް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މީގެ ތިން އަހަރު ކުރީން ފެށި ތިލަމާލެ ބްރިޖު މަޝްރޫއުގެ 40.47 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރު ނިމުނުއިރު ބްރިޖު މަޝްރޫއުން ނިމުނީ 29 ޕަސެންޓެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބްރިޖު އެއްކޮށް ނިމޭނެ ކަމަށް ބެލެވެނީ 30، ސެޕްޓެމްބަރު 2026 ގަ އެވެ. ނަމަވެސް ބްރިޖު އަވަސް ކުރަން މަސައްކަތް ކުރައްވަމުން ގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ބްރިޖުގެ މަސައްކަތުގެ އަޕްޑޭޓް ސަރުކާރުން ދެމުން ގެންދާއިރު ބްރިޖުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން ބްރިޖުގެ މައުލޫމާތު ގެންގުޅުނީ ސިއްރުކޮށްގެންނެވެ. އޭރު މައުލޫމާތު ދެނީ ހަމައެކަނި އިންޑިއާ އެމްބަސީއިންނެވެ.
ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެ އެވެ. އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.