ސިޔާސީ ރެ އެއް، ތިން ޕާޓީގެ ޖަލްސާ އެއް ގަޑިއެއްގައި

މިރޭ ޖަލްސާ ބާއްވަނީ ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް ޕާޓީންނާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ރައީސް ޔާމީންގެ ނެޝަނަލް ފްރަންޓުންނެވެ.

ރައީސް ސޯލިހް (ކ) ރައީސް މުއިއްޒު (މ) ރައީސް ޔާމީން (ވ)

ސިޔާސީ ތިން ޕާޓީއަކުން މިރޭ ފޯރިގަދަ ޖަލްސާތަކެއް ބޭއްވުމަށް ނިންމާ މެންބަރުންނަށް ދައުވަތު ދީފި އެވެ.

މިރޭ ޖަލްސާ ބާއްވަނީ ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް ޕާޓީންނާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ރައީސް ޔާމީންގެ ނެޝަނަލް ފްރަންޓުންނެވެ.

ތިން ޖަލްސާ ވެސް އޮތީ މިރޭ އެއްގަޑިއެއްގަ އެވެ. ތިން ޖަލްސާ ވެސް ފެށޭނީ 8:45 - 9:00 ގަ އެވެ.

ޕީއެންސީން ބުނީ މިރޭ އޮންނާނީ ވަރަށް ފޯރިގަދަ ޖަލްސާއެއް ކަމަށެވެ. ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެދިފައިވެ އެވެ. ޖަލްސާ އޮންނާނީ ޕީއެންސީ ހައުސް ގަ އެވެ.

އެމްޑީޕީން ޖަލްސާ ބާއްވަނީ "ކުރީ ސަރުކާރު" ނަމުގަ އެވެ. އެމްޑީޕީގެ ހަރުގެ -- ދަނޑިކޮށި ޖަގަހާ ގައި އޮންނަ ޖަލްސާ ގައި ވީހާވެސް ގިނަ މެންބަރުން ބައިވެރިވާން އެދިފައިވެ އެވެ.

މެންބަރުންގެ އަދަދު މަދު ނަމަވެސް އެންމެ ގިނަ ބައެެއްގެ ނަޒަރު ހުއްޓެނީ ޔާމީންގެ ފްރަންޓް އޮފީސް ޖަލްސާތަކަށެވެ. މިރޭގެ ޖަލްސާ ގައި ވެސް ޔާމީން ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ނޫސްވެެރީންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެވެ. ޔާމީން ތަގުރީރު ކުރައްވާ ޖަލްސާތައް އެތައް ހާސް ބަޔަކު ބަލަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.