ހަރަދު ކުޑަކުރުން | އާ ފަނޑިޔާރުން ނެގުމާއި މުސާރަ ލިބޭ ގޮތަށް ކިޔަވަން ފޮނުވުން މެދުކަނޑައިފި

ހަރަދު ކުޑަކުރަން ޖޭއެސްސީން ނިންމާފައިވަނީ އައު ފަނޑިޔާރުން އައްޔަަންކުރުން މެދުކަނޑައިލުމާއެކު، ކޯޓުތަކަށް އލަަށް މުވައްޒަފުން ނެގުމާއި، އައު ކޯޓުތައް ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތު ނުބޭއްވުމަށެވެ.

ޖޭއެސްސީގެ މެންބަރުކަމުގެ ފަތްކޮޅު ރިޒާއާ ރައީސް ހަވާލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފިޔަވަޅުތަކެއް ތަންފީޒުކުރަން ނިންމައިފި އެވެ. 

އެ ކޮމިޝަނުގެ ފަރާތުން ޗީފް ޖުޑީޝަަލް އެޑްމިނިސްޓްރޭޓަރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ރއީސް އޮފީހުން އަންގާފައިވާތީ އެކަން ތަންފީޒުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 

ހަރަދު ކުޑަކުރަން ޖޭއެސްސީން ނިންމާފައިވަނީ އައު ފަނޑިޔާރުން އައްޔަަންކުރުން މެދުކަނޑައިލުމާއެކު، ކޯޓުތަކަށް އލަަށް މުވައްޒަފުން ނެގުމާއި، އައު ކޯޓުތައް ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތު ނުބޭއްވުމަށެވެ. 

ހަމައެހެންމެ މުސާރައާއި އިނާޔަތް ލިބޭ ގޮތަށް ދިގު މުއްދަތުގެ ކޯސްތައް ހެދުމަށް ފަނޑިޔާރުން ވީއްލަމުން ދިއުން ނުވަތަ ޕޭ ލީވް ހަމަޖެއްސުންވެސް މަޑުޖައްސައިލުމަށް ޖޭއެސްސީން ނިންމާފައިވެ އެވެ. 

އަދި ބޭރުގެ ފަރާތްތަކުން ހިލޭ ފޯރުކޮށްދޭ ތަމްރީނު ފުރުސަތުތައް ފިޔަވައި އިތުރަށް ބޭރު ފަރާތްތަކުން ހިންގާ ޓްރެއިނިންތަކުގައި ފަނޑިޔާރުންނާއި ޖުޑީޝަރީގެ މުވައްޒަފުން ބައިވެރިކުރުންވެސް މެދުކަނޑައިލުމަށް ނިންމާފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. 

އަދި ކޮންމެހެން ބޭނުންވެގެން ޒަރޫރީ ހާލަތެއްގަައި ނޫނީ އިތުރުގަޑީގައި މަސައްކަތް ކުރުމަށް މުވައްޒަފުން ނުނެރެން ނިންމާފައިވާކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. 

ސަރުކާރުންވަނީ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އިސްލާހީ އެޖެންޑާއެއް އިއުލާނުކޮށް އެ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އަޅަން ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.