ބައި މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްކޭމެއް؛ ގިނަ ބަޔަކު ބައިވެރިވެފައިވޭ

މި މައްސަލާގއި ޖުމްލަ 587،149 ރުފިޔާ ވިކްޓިމްގެ އަމިއްލަ އެކައުންޓާއި ޖަމްއިއްޔާގެ އެކައުންޓުން ނެގި އެވެ.

އިންޓަނެޓް ބޭންކިން އެކްސެސް ހޯދައިގެން 500،000 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލާގައި ގިނަ ބަޔަކު ބައިވެރިވާކަމަށް ފުލުހުން ބުނޭ

އޮޅުވާލައިގެން މީހެއްގެ އަމިއްލަ އެކައުންޓުން އަދި އޭނައާ ގުޅުން ހުރި ޖަމްއިއްޔާއެއްގެ އެކައުންޓުން 580،000 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ސްކޭމް ސެންޓަރުން ތަހުގީގުކުރަން ފަށައިފި އެވެ. 

މިއަދު ސްކޭމް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްކޭމް އިންވެސްޓިގޭޝަން ސެންޓަރުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ނަޝީދާ ވިދާޅުވި ގޮތުގައި މި މައްސަލަައަކީ ފައިސާ ގެއްލުނު މީހާގެ ސިމްގެ މައުލޫމާތު ބޭނުންކޮށްގެން އީ-ސިމްއެއް ހަދައިގެން، އެ ސިމް ބޭނުންކޮށްގެން އޭނާގެ އެކައުންޓުތަކަށް އެކްސެސްވެގެން ހިންގާފައިވާަ ސްކޭމެއް ކަމަަށެވެ. 

އެ ސްކޭމުގެ ޝިކާރައަކަށްވީ މީހާގެ އަމިއްލަ އެކައުންޓުގައި ހުރި ފައިސާގެ އިތުރަށް އޭނާގެ ބައިވެރިވުން އޮންނަ ޖަމްއިއްޔާގެ އެކައުންޓުގައި ހުރި ފައިސާވެސް ނަގާފައިވެ އެވެ. އަމިއްލަ އެކައުންޓުން 25،000 ރުފިޔާ ނެގިއިރު އޭނާގެ ބައިވެރިވުން އޮންނަ ޖަމްއިއްޔާގެ އެކައުންޓުންވެސް ގިނަ އަދަދެއްގެ ފައިސާ ނަގާފައިވެ އެވެ. 

ސްކޭމް ސެންޓަރުގެ ސްކޭމް އިންވެސްޓިގޭޝަންސް ހެޑު އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ އެ މައްސަލާގައި ވިކްޓިމްގެ އަމިއްލަ އެކައުންޓުން 25،000 ރުފިޔާ އަދި އޭނާގެ ބައިވެރިވުން އޮންނަ ޖަަމްއިއްޔާގެ އެކައުންޓުން 562149 ރުފިޔާ ނަގާފައިވާ ކަމަށެވެ. އެކައުންޓުން ފައިސާ ނެގުމަށް ހޭދަވީ 1 ގަޑިއިރާއި 45 މިނިޓު ކަމަށެވެ. 

އެ މައްސަލަ ފާހަގަކުރެވި ބޭންކުގެ ސަމާލުކަމަށް އެކަން ގެނެވުމުގެ ސަބަބުން ވިކްޓިމްގެ އެކައުންޓުގައި ހުރި ފައިސާގެ 47 އިންސައްތަ އަދި ޖަމްއިއްޔާގެ އެކައުންޓުގައި ހުރި ފައިސާގެ 42 އިންސައްތަ ފައިސާ ސަލާމަތް ކުރެވުނު ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

މި މައްސަލާގއި ޖުމްލަ 587،149 ރުފިޔާ ވިކްޓިމްގެ އަމިއްލަ އެކައުންޓާއި ޖަމްއިއްޔާގެ އެކައުންޓުން ނެގި އެވެ. ފުލުހުން ބުނި ގޮތުގައި އެ ފައިސާ ނެގުމަށް "މަނީ މިއުލް" ނުވަތަ ފައިސާ އުފުލައިދޭ މީހުންގެ ގޮތުގައި ގިނަ ބަޔަކު ބައިވެރިވެ، އެމީހުންނަށް މާލީ ގޮތުން އެކި މިންވަރުގެ ފައިދާވެފައިވާކަން ތަހުގީގަށް ހޯދިފައިވެ އެވެ. 

މި މައްސަލާގައި ނިގުޅައިގަތް ފަައިސާގެ ތެރެއިން 60 އިންސައްތަ ފައިސާ ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ހުރި އަށް އޭޓީއެމެއް ބޭނުންކޮށްގެން ނަގާފައިވެ އެވެ. އަދި 19 އިންސައްތަަ ފައިސާ ބޭނުންކުރީ ކްރިޕްޓޯ ކަރަންސީ ގަތުމަށާއި، ފަސް ވިޔަފާރިއަކުން މުދާ ގަތުމަށެވެ. 

ފުލުހުން ބުނި ގޮތުގައި އެ ފައިސާގެ ތެރެއިން ބޭނުންނުކޮށް ހުރި 18 އިންސައްތަަ ފައިސާ އެކައުންޓުތަކުގައި ފްރީޒުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލާގައި ފައިސާ ނެގުމާއި އެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގާތްގަނޑަކަށް އަށް އަތޮޅެއްގެ 36 ރަށަކުން 150 މީހުން ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ. 

މައްސަލައިގެ ތަހުގީގުގައި 87 އިލެކްޓްރޯނިކް ސާމާނު ފުލުހުން ބަލައިފާސްކުރި އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ހެކީގެ ގޮތުގައި 21 މޯބައިލް ފޯނު ހިފަހައްޓައި، 230 އެކައުންޓެއްގެ ބޭންކް ސްޓޭޓުމެންޓު ދިރާސާކުރި އެވެ. 

މި މައްސަލައާ ގުޅިގެން މާފުށީ ޖަލުގެ ތިން ޔުނިޓެއްގެ ސެލްތައް ބަލައިފާސްކޮށް ހެކިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އެކައުންޓު ނަންބަރުތައް ނޯޓުކޮށްފައިވާ ފޮތެއްވެސް ހިމެނެ އެވެ. 

މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރީ އެންމެ މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަނުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.