ފަންނުވެރިންނަށް ޑިޖިޓަލް ފުރުސަތުތައް ފަހިކުރުމާމެދު އެމެރިކާއާ މަޝްވަރާކުރައްވައިފި

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ޑިއުޓީ ފްރީ މާކެޓެއް ހޯދައިދިނުމަށް މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރު ސައީދު އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްސްއާއެކު ބޭއްވި ބައްދަލުވުން --

ރާއްޖޭގެ ޑިޖިޓަލް ކޮންޓެންޓް އުފައްދާ މީހުންނާއި އާޓިސްޓުންނަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް އެމެރިކާއާގެ ވިޔަފާރި ރިޕްރެޒެންޓޭޓިވްއާއެކު އިކޮނޮމިކް މިނިސްޓަރު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ސައީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާ-ރާއްޖެ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ ދަށުން އިއްޔެ ވަނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްސް އާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ޑިއުޓީ ފްރީ މާކެޓެއް ހޯދައިދިނުމަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި، އެމެރިކާގެ އިންވެސްޓަރުންނާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅު ކުރައްވާފައިވެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ސައީދު ވަނީ އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްއިއްޔާ، ޗެމްބާ އޮފް ކޮމާސްގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު އިގްތިސޯދީ ގުޅުންތައް ވަރުގަދަ ކުރުމާއި، އިންވެސްޓްމެންޓްތައް ހޯދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު އެމެރިކާގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަަތުތަކާ ގުޅޭ މައުލޫމަތު އެ ވިޔަފާރިވެރިންނާ ހިއްސާ ކުރެއްވިކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ. 

މިއީ އެ ޖަމިއްޔާއާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރަން މިފަދަ ގޮތަކަށް މަޝްވަރާ ކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.