ހައްޖު ކުލިނިކް ބަންދު، ހޮސްޕިޓަލަށް ދާނަމަ މާސްކު އަޅާ

އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމަަށް އިލްތިމާސް ކޮށްފަ އެވެ.

އައިޖީއެމްއެޗް

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި އައި މީހުންނަށް ހާއްސަކޮށްގެން ހުޅުވި ކްލިނިކް ހުއްޓާލައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ހައްޖުވެރީންނަށް ހާއްސަކޮށްގެން ހުޅުވި ކްލިނިކް ބަންދުކުރީ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް މަދުވުމުން ކަމަށެވެ. ކްލިނިކް ބަންދު ކުރީ މިއަދު އެވެ.

އެ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމަަށް އިލްތިމާސް ކޮށްފަ އެވެ.

މި އަހަރު ވެސް ހައްޖުވެރީން އައުމާ ދިމާކޮށް ރޯގާ ފެތުރުން އިތުރުވި އެވެ. ކޮންމެ އަހަރަކު ވެސް ހައްޖު މޫސުން ނިމުމާ އެކު ފުލޫ ކްލިނިކް ގާއިމު ކުރެ އެވެ. ހައްޖުވެރީން އަންނަން ފެށުމާ އެކު ތަފާތު ރޯގާތައް ފެތުރުން އިތުރުވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ވަނީ ނިޔާވެފަ އެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާވީ ނުރައްކާތެރި މެނިންގޮކޯކޮލް ބަލީގައި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.