އިލްމުވެރީންގެ މަހާސިންތާ އަކާއި ޖަމިއްޔާތަކުގެ މަހާސިންތާ އަކާއި އިމާމުންގެ މަހާސިންތާ އަކާއި ޒަކާތުގެ މަހާސިންތާ އަކާއި ހައްޖާއި އުމްރާގެ މަހާސިންތާ އަކާއި ފަތުވާ މަހާސިންތާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރު އިސްލާމިކް މިނިސްޓްރީން މުހިންމު ހަ މަހާސިންތާއެއް ބާއްވަން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުހިންމު ހަ ދާއިރާއަކަށް ހާއްސަކޮށްގެން މަހާސިންތާތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އިލްމުވެރީންގެ މަހާސިންތާ އަކާއި ޖަމިއްޔާތަކުގެ މަހާސިންތާ އަކާއި އިމާމުންގެ މަހާސިންތާ އަކާއި ޒަކާތުގެ މަހާސިންތާ އަކާއި ހައްޖާއި އުމްރާގެ މަހާސިންތާ އަކާއި ފަތުވާ މަހާސިންތާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އިސްލާމިކް މިނިސްޓަރު ކަަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގެން އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރައްވާ ވަރަށް ބޮޑަށް ފުޅާ ކުރައްވާފައިވެ އެވެ. ހާއްސަކޮށް އިލްމުވެރީންނާއި އިމާމުންނާއި ގުޅުން ހުރި ކަންކަމާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަތުމާ މަޖިލީސް ހަރަކާތްތެރި ކުރުވުން ހިމެނެ އެވެ. އަދި ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާ ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންތައްތަކެއް މިހާރު ވެސް ވަނީ ކުރައްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީ ވެފައި ވަނީ އެންމެ ހަރަކާތްތެރި / މަަސައްކަތްތެރި އެއް މިނިސްޓްރީއަށެވެ.