އައިސީސީޕީއާރުގައި ރާއްޖެ؛ ދީނުގެ އަސާސުތައް ބަދަލެއް ނުކުރެވޭނެ، ހައްގުތައް ލިބޭނީ ދީނުގެ އަސްލުތަކާ އެއްގޮތުގެ މަތީން

ބަންޑާރަ ނާއިބު އުޝާމް ވަނީ އިސްލާމްދީނަކީ ދިވެހި ރައްޔިތުންގެ މައިގަނޑު އެއް އަސާސް ކަމަށާ އެއީ ދިވެހި މުޖްތަމައުގައި ބަދަލު ކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށް ވިދާޅުވެފަ އެވެ.

އައިސީސީޕީއާރުގެ ރިވިއު ސެޝަން

އިސްލާމްދީނަކީ ދިވެހި ރައްޔިތުންގެ މައިގަނޑު އެއް އަސާސް ކަމަށާ އެއީ ދިވެހި މުޖްތަމައުގައި ބަދަލު ކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ އައިސީސީޕީއާރުގެ ރިވިއު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން 2022 ގައި ރާއްޖެއިން ހުށައަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓް އދގެ ހިއުމަން ރައިޓްސް ކޮމެޓީން ރިވިއު ކުރުމަށް ޖުލައި 9، 10 ގައި ސްވިޓްޒަލޭންޑްގެ ޖެނީވާގައި ވަނީ ރިވިއު ސެޝަން ބާއްވާފަ އެވެ.

މި ރިޕޯޓަކީ އައިސީސީޕީއާރުގެ ދަށުން ކަށަވަރުކޮށްދޭން ޖެހޭ މަަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެ ގޮތަށް ލިބިދިނުމަށްޓަކަައި ޖުލައި 2012 އިން މާޗް 2022 އަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިމަނާ އދގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށައަޅާފައިވާ ރިޕޯޓެކެވެ.

މި ރިވިއު ފެށުމުގެ ގޮތުން ހެޑް އޮފް ޑެލިގޭޝަން، ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވަނީ އިސްލާމްދީނަކީ ދިވެހި ރައްޔިތުންގެ މައިގަނޑު އެއް އަސާސް ކަމަށާ އެއީ ދިވެހި މުޖްތަމައުގައި ބަދަލު ކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވި އެވެ. އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ ގާނޫނު އަސާސީއާ ގާނޫނުތަކާއިު އިސްލާމް ދީނުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބަންޑާރަ ނާއިބު ވިދާޅުވި އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި ރިވިއު ސެޝަންއަށް ފަހު ދިވެހި ސަރުކާރުގެ ރިޕޯޓާއި ރިވިއު ސެޝަން ގައި އދގެ ހިއުމަން ރައިޓްސް ކޮމެޓީއާ ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކޮމެޓީގެ ކޮންކްލޫޑިން އޮބްސަވޭޝަންތަކާ ރިކޮމެންޑޭޝަންތައް ޖުލައި 19، 2024 ގައި ދިވެހި ސަރުކާރާ ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.