އައިޔޫއެމްގެ ދެވަނަ ސެމިސްޓާގައި 65 ކޯސް، ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިޔޫއެމް އާއި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރުތަކު ގައި ދެވަނަ ސެމިސްޓާ ގައި ޖުމްލަ 65 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރުތަކު ގައި ދެވަނަ ސެމިސްޓާ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އައިޔޫއެމް އާއި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރުތަކު ގައި ދެވަނަ ސެމިސްޓާ ގައި ޖުމްލަ 65 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޕީއެޗްޑީއާ މާސްޓާސް އަދި ޕޯސްޓްގްރެޖުއޭޓް އަދި ބެޗްލާ ޕްރަގްރާމްތައް ހިމެނެ އެވެ. މީގެ އިތުރުން ޑިޕްލޮމާ ޕްރަގްރާމްތަކާއި އެޑްވާންސްޑް ސެޓްފިކެޓް ޕްރަގްރާމްތައް ހިމެނެ އެވެ.

އަދި ވާހަކަދެއްކުންތެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސްތަކާއި ގުރުއާން ހިފްޒުކުރުމުގެ ކޯސްތަކާއި ޗައިނީޒް ލޭންގުއޭޖް ބިގިނާޒް ކޯސް އަދި ޗައިނީޒް ލޭންގުއޭޖް އެލެމެންޓްރީ ކޯސް ވެސް ހިމެނެ އެވެ.

ކައުންސިލްތަކަށް ހާއްސަ ކޯހެއް

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަހުމަދު އަމީން މުހައްމަދު ވިދާޅުވި ގޮތުގައި އައިޔޫއެމްގެ މުޅި މޮޑެލް ވެސް ހުންނާނީ އިސްލާމީވަންތަ ތައުލީމީ މުޖުތަމައެއް ގާއިމް ކުރެވޭނެ ގޮތަށް ފަރުމާކޮށްފަ އެވެ. އަދި އައިޔޫއެމްގައި ހިންގާ ލޯކަލް ގަވަރުމަންޓް ކޯހަކީ ރާއްޖޭގައި އަލަށް ހިންގާ ކޯހެއް ކަމަށް އަމީން ވިދާޅުވި އެވެ.

"މި ކޯސް [ލޯކަލް ގަވަރުމަންޓް ] ކޯސް މި އޮންނަނީ ކައުންސިލްތަކަށް ޓާގެޓްކޮށްފަ. މޮޑިއުލްތަކުގައި ވެސް ހުންނާނެ ސީދާ ކައުންސިލް ތަކުން ކުރާ މަސައްކަތްތަކަށް ހާއްސަކޮށްފަ. އެކައުންޓިން އާއި ބަޖެޓިން އަދި ޕްރޮކިއުމަންޓް ފަދަ މަސައްކަތް ކުރާނެ ގޮތް ހިމެނޭނެ. އެޑްމިނިސްޓްރޭޝަން އަދި އެކައުންޓިން ވެސް ހުންނާނެ،" އަމީން ވިދާޅުވި އެވެ. 

އިސްލާމިކް ޔުނިވާސިޓީން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

މާލެ އަންނަން ޖެހޭނީ ސެމިސްޓާއަކު އެއް ފަހަރު

އައިޔޫއެމްގެ ގިނަ ކޯސްތަކަކީ މިހާރު ވެސް އޮންލައިންކޮށް ކިޔައިވައިދޭ ކޯސްތަކެވެ. މިއީ ރަށްރަށުގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ގިނަ ކޯސްތައް ހުންނާނީ ބްލެންޑެޑް ކޮށެވެ. މިއީ އޮންލައިންކޮށް ބައެއް ނިންމުމަށްފަހު ފިޒިކަލްކޮށް ކްލާހަށް އައިސް ކިޔަވާ މޮޑެލް އެވެ. މި މޮޑެލްގައި ކިޔަވަން ވެސް އައިޔޫއެމްއިން ވަނީ ފަސޭހަ އިންތިޒާމުތަކެއް ރާވައިދީފަ އެވެ. މިގޮތުން ރަށުގައި ކިޔަވާ ދަރިވަރު ފިޒިކަލީ ކްލާހަށް އަންނަން ޖެހޭނީ ސެމިސްޓާއެއްގައި އެއް ހަފުތާގަ އެވެ. މިއީ އެހެން ބައެއް ކޮލެޖުތަކާ އަޅާބަލާއިރު ބޮޑު ލުޔެކެވެ. މުޅި ހަފުތާގައި ފުލްކޮށް ކްލާސް އޮންނާނެ އެވެ. މިއީ ކިޔަވާ ކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.  

އައިޔޫއެމްގައި ކުލިއްޔާ އޮފް އެޑިއުކޭޝަން އާއި ކުލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖުމަންޓުވެސް އޮވެ އެވެ. އެހެންވެ މިއީ ކުރިން މި ޔުނިވާސިޓީއާމެދު ގިނަ ބަޔަކު ހީކުރި ކޮންސެޕްޓާ މުޅިން ތަފާތު ކޮންސެޕްޓެވެ. މިހާރު އައިޔޫއެމްއަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ތައުލީމީ ބިނާ އެވެ.  

މި ފަސޭހައާއެކު އައިޔޫއެމްގެ ލާނިން ސެންޓަރުތައް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހުޅުވާފައިވެ އެވެ. މި ސެންޓަރުތަކުގައި ކިޔަވައިދިނުމަށް ތިބޭނި އައިޔޫއެމްގެ މުވައްޒަފުންނެވެ. މިއީ ރަށާ އެންމެ ކައިރީގައި ހުރި އައިޔޫއެމްގެ ގޮތްޕަކަށް ގޮސް ކިޔަވަން ލިބޭނެ ބޮޑު ލުޔަކަށް ވާނެ އެވެ. 

އައިޔޫއެމް ސެންޓަރުތައް ހުރި ރަށްރަށް

  •  ލ. ފުނަދޫ
  •  ޏ. ފުވައްމުލަށް
  •  އައްޑޫ މީދޫ
  •  ޅ. ނައިފަރު
  •  ރ. އުނގޫފާރު
  •  ގދ. ތިނަދޫ

މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 13 ޖުލައި މެންދުރު 1:00 ގެ ކުރީން ހުށައަޅަން ޖެހެ އެވެ. އިސްލާމްކް ޔުނިވާސިޓީގެ އިތުރުން އައިޔޫއެމް ސެންޓަރުތަކުން ވެސް ފޯމް ދޫކޮށް ބަލައިގަންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.