ހުޅުމާލެއިން ގޯތި ދޫކުރުން؛ 486 ގޯތީގައި ކަންމުޑި ޖަހައިފި

މިދިޔަ ސަރުކާރުގައި މާލޭ ސަރަހަައްދުން ބަހަން ނިންމި ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރަން ނިންމި ގޯތިތައް ހިލޭ ދިނުމުން އެޗްޑީސީއަށް 10 ބިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ވެފައިވެ އެވެ.

ހުޅުމާލެ ފޭސް ދެއަކުން ދޫކުރަން ނިންމި ބައެއް ގޯތިތަކުގެ ކަންމުޑި ޖަހާ ވަނީ ނިންމާފައި

މާލޭ ސަރަހަައްދުން ދޫކުރަން ނިންމި ގޯތީގެ ތެރެއިން ހުޅުމާލެ ފޭސް ދެއަކުން ދޫކުރަން ނިންމި ބައެއް ގޯތިތަކުގެ ކަންމުޑި ޖަހާ ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންނަށް ހަވާލުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، 486 ގޯތީގައި މިހާރު ވަނީ ކަންމުޑި ޖަހާ ނިމިފައި ކަމަށެވެ. އަދި ބުނީ ބާކީ ގޯތިތަކުގައި ކަންމުޑި ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ވަރަށް ގިނަ ގޯތި ހުރީ މަގުތައް މަތިންނާއި، ނަރުދަމާއާއި ކަރަންޓު ވިއުގަތަކުގެ މަތިން ދޫކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ކަނޑައިގެން އަލުން ހަދަންޖެހުނެވެ. އެކަމަށް އެޗްޑީސީން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

ނިމުނު ސަރުކާރުގައި މާލޭ ސަރަހަައްދުން ބަހަން ނިންމި ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރަން ނިންމި ގޯތިތައް ހިލޭ ދިނުމުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއްވެ، ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރަށް މާލީ ދަތިތައް އިތުރުުވާނެކަމަށް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރިވީއުކުރުމަށްފަހު އެ އޮފީހުން އިއްޔެ ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހުޅުމާލެއިން ހިލޭ ބިން ދޫކުރަން ނިންމައި އެ ބިންތައް ސަރުކާރަށް ނެގުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް ބޮޑު ގެއްލުމެއް ލިބި އެ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ އެވެ.  

އެޗްޑީސީން އޮޑިޓު އޮފީހާ ހިއްސާކުރި ލިޔެކިޔުންތަކަށް ބަލާއިރު އެ ބިންތައް ހިލޭ ދިނުމަށް ނިންމުމާ ގުޅިގެން އެ ކުންފުންޏަށް 7.3 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބޭނެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.