ރާއްޖެ-އެމެރިކާ ވިޔަފާރީގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

މިނިސްޓަރު ސައީދުގެ އެމެރިކާ ދަތުރުފުޅުގެ ބޭނުމަކީ ވެސް ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.

ރާއްޖެ-އެމެރިކާ ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައި

ރާއްޖެ-އެމެރިކާ ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ބޭއްވި އިންވެސްޓްމަންޓް ރައުންޑްޓޭބަލް ގަ އެވެ. މިނިސްޓަރު މުހައްމަދު ސައީދާއި މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މި ބައްދަލްވުމުގައި އެމެރިކާގެ ވިޔަފާރިވެރީންނާ އެކު މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރު ސައީދުގެ އެމެރިކާ ދަތުރުފުޅުގެ ބޭނުމަކީ ވެސް ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.

ދަތުރުފުޅުގެ ފުރިހަމަ ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ބޭރުގެ ގައުމުތަކުގެ ވިޔަފާރިވެރީންނާއި ހިއްސާ ކުރަމުންނެވެ. ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.