އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނާ ސަފީރު ވަން ލީޒިން ވެސް ބައިވެރިވެވަޑައިގަތެވެ. ޗައިނާއިން ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި ގިނަ އެހީތައް ފޯރުކޮށް ދެއެވެ.
ރާއްޖެއާ އެކުވެރި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެއްގެ ގޮތުގައި މާލެ އަތޮޅު ހިންމަފުށީގެ މަގުތަކުގައި ސޯލާ ބައްތި ޖަހައިދީފި އެވެ. -- މި މަޝްރޫއުގައި ޗައިނާގެ އެހީން 165 މަގު ބައްތި ޖަހައި ދިނެވެ.
ހިންމަފުށީގެ މަގު ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފަ އެވެ. އެކަން ޝަރަފުވެރިކޮށް ދެއްވީ ސިޓީސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ހަފުލާގައި މިނިސްޓަރު ޝަރީފު ވިދާޅުވީ ޗައިނާއިން ހިންމަފުށީގައި ޖަހައިފިން ބައްތިތަކުގެ ސަބަބުން ރައްކާތެރިކަން އިތުރުވުމާއެކު، ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވޭނެ ކަމަށާއި ޗައިނާގެ މި އެހީ އަކީ ވަރަށް ބޭނުންތެރި އެހީއެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނާ ސަފީރު ވަން ލީޒިން ވެސް ބައިވެރިވެވަޑައިގަތެވެ. ޗައިނާއިން ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި ގިނަ އެހީތައް ފޯރުކޮށް ދެއެވެ.