މިނިސްޓަރު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއަކީ ވަރަށް މުހިއްމު މުއައްސަސާއެއް، ދައުލަތުގެ ކަންކަން ނިންމުމުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން އިސް ސަފުގައި ހަރަކާތްތެރިވާތަން ފެންނަ ކަމަށެވެ.
އިސްލާމީ ހިދާޔަތު ދިވެހިރާއްޖޭގައި ދެމެހެއްޓުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދައުރު ފުޅާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އައިޔޫއެމްއަށް 45 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކާގައި ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީއަކީ ރާއްޖެއަށް ވަރަށް މުހިއްމު މުއައްސަސާއެއް ކަމަށެވެ. އައިޔޫއެމްގެ ކުރިއެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީ ނުވަތަ މައުހަދު ގާއިމްވެގެން ދިޔަކަން އެއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް އަގުހުރި ފުރުސަތެެއްކަމަށާއި، ރާއްޖޭގެ އިސްލާމީ ސަގާފަތް ދެމެހެއްޓުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ ކަންކަން ނިންމުމުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން އިސް ސަފުގައި ހަރަކާތްތެރިވާކަން ފާހަގަކޮށް މިނިސްޓަރު ޝަހީމް ވަނީ އެ ޔުނިވާސިޓީއަކީ އިސްލާމީ ޙިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވާސިޓީއަކީ މުހިއްމު މުއައްސަސާއެއް ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން އިސްލާމިކް ޔުނިވާރސިޓީ އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެެއްވާކަން ފާހަގަ ކުރެއްވި އެވެ.
އަދި އިސްލާމިކް ޔުނިވާސިޓީގެ 45 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޔުނިވާސިޓީގެ އެންމެހާ މެމްބަރުންނަށް މަރުހަބާ ދެންނެވި އެވެ.
އައިޔޫއެމްއަށް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއްކަމަށާއި އެންމެ އުއްމީދު ކުރާ ދުވަހަކީ އައިޔޫއެމްއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އިސްލާމިކް ޔުނިވާސިޓީއަކަށް ވެގެންދާ ދުވަސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.