"ހަރުކަށި ފިކުރަކީ ރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން"

އެމަނިކުފާނު ވިދާޅުވީ، މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދާ ކަމަށެވެ.

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ހައްދުފަހަނާ އަޅާފައިވާ ފިކުރުތަކުން ގައުމު ސަލާމަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް ވަނީ ވިދާޅުވެފައި --

ހައްދުފަހަނައަޅާފައިވާ ފިކުރުތަކަކީ ރާއްޖޭގެ ސަލާމަތާއި އެއްބައިވަންތަ ކަމަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ސުލްހަމަސަލަސްކަމަށް ލޯބި ކުރާ ގައުމަކަށްވީ ނަމަވެސް، ރާއްޖޭން ބޭރުގައި ހިނގާ ނުރައްކާތެރި ހަރަކާތްތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށެވެ.

ދިވެހިންގެ ތެރެއިން މަދު ބަޔަކު، އެމީހުންގެ ފިކުރީ އަދި ސިޔާސީ ނާޖައިޒު މަގުސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ޓެރަރިޒަމާއި އަނިޔާވެރިކަމާއި ހައްދުފަހަނާ އަޅާ ދިއުން ފަދަ ކަންކަމަށް ވާގި ލިބެމުންދާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖެއާ މީގެ ކުރިން ބީރައްޓެހި ހަރުކަށިފިކުރު ކޮންމެވެސް މިންވަރަކަށް ފެތުރެމުންދާ ކަމަށެވެ.

"ހައްދުފަހަނައަޅާ ދިއުމުގެ ޝިކާރައަކަށް ބައެއް ދިވެހިންވެ، ވަސްވާސްތަކަށް ހެއްލި، ހާއްސަކޮށް ޒުވާނުން ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ޖިހާދުގެ ނަމުގައި ރަހުމު ކުޑަ އުދުވާންތައް ހިންގުމާއި، ދިވެހި ފަސްގަނޑުގައި ވެސް ނޭއްގާނީ އެކިއެކި މަގުސަދުތަކުގައި ޓެރަރިސްޓް ހަމަލާތައް ރާވާއި ހިންގުމުގެ މަސައްކަތް ކުރުމަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ސަލާމަތައް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައި ޝައްކެއް ވެސް ނެތް،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދާ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ދުނިޔޭގައި މަޝްހޫރު ގައުމަކަށްވާއިރު، މި ގައުމު ވާންވާނީ މެހެމާނުންނަށް އަމާންތަކެއްގެ ގޮތުގައި ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ރާއްޖޭގެ އަމާންކަމާމެދު ދުނިޔޭން ކުރާ އިތުބާރު ދެމެހެއްޓުމަކީ މޮޓޯއަކަށް ހެދުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

"މިގޮތުން ފެތުރޭ އަނިޔާވެރި ވިސްނުންތަކާއި، ހައްދުފަހަނަ އަޅާ ދިއުމަށް މަގުފަހިވާ ފިކުރުތަކާއި ބަސްމަގާއި ރޭވުންތަކުން ގައުމު ސަލާމަތްކޮށް، އަމާންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެގެ ކޮނޑުގައި އެޅިފައިވާ ގައުމީ ބޮޑު ޒިންމާއެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.