ޖިނާއީ މައްސަލަތަކުގައި ލަންކާގެ އެހީ ހޯދަން މަޖިލީހުގެ ރުހުން ހޯދަނީ

ރާއްޖެއާ ލަންކާއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާއި ޝަރީއަތުގެ މަރުހަލާގައި އެއްގައުމުން އަނެއްގައުމަށް އެހީވާގޮތަށް އަވައްޓެރި ލަންކާއާ ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ޖިނާއީ މައްސަލަތައް ބެލުމުގެ އެކި މަރުހަލާތަކުގައި އަވައްޓެރި ސްރީލަންކާގެ އެހީތެރިކަން ހޯދުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފި އެވެ. 

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދިނުމަށްޓަކާ އެކުަލަވާލާފައިވާ "ޓްރިޓީ ބިޓުވީން ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ގަވަމެންޓު އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަންލިކް އޮފް ސްރީލަންކާ އިން މިއުޗުއަލް ލީގަލް އެސިސްޓެންސް އޮން ކްރިމިނަލް މެޓާސް" ދިވެހި ރާއްޖެއިން ތަސްދީގުކުރަން ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަަށެވެ. 

އެހެން ނަމަވެސް ދިވެހި ސަރުކާރުން ގައުމުތަކާއި ސަރުކާރުތަކާ އެކު ސޮއިކުރާ މުއާހަދާތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ އެއްވެސް ބާވަތެއްގެ މުއާހަދާއެއްގައި ސޮއިކުރަން ވާނީ މަޖިލީހުގެ ރުހުމާ އެކުކަމަށް  ގާނޫނުގައި ބުނާކަމަށް ރައީސްގެ ސިޓީފުޅުގައި ފާހަގަކޮށްފައި ވެއެވެ. 

މި މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ. 

ދާދި ފަހުން ރައީސްގެ އެދިވަޑައިގަތުމަށް ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމަށް ވެސް މަޖިލީހުން ރުހުން ހޯދި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.