އެމްއެމްޕީއާރުސީގެ ޑީއެމްޑީގެ މަގާމުން ބައްސާމް ވަކިކޮށްފި

އޭނާ މަގާމުން ވަކިކޮށްފައިވާއިރު ބައްސާމަށް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު އަމާޒުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް މަގާމުން ވަކިކޮށްފި އެވެ. 

ބައްސާމް މަގާމުން ވަކިކޮށްފައިވާކަން މީސްމީޑިއާއަށް ރޭ ތިލަވެފައިވާއިރު އެކަން މިއަދުގެ ވަގުތެއްގައި ސަރުކާރުގެ އިސްވެރިޔަކު "މިރާ"އަށް ކަށަވަރުކޮށްދީފައިވެ އެވެ. 

އޭނާ މަގާމުން ވަކިކޮށްފައިވާއިރު ބައްސާމަށް އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު އަމާޒުވެފައިވެ އެވެ. އެ ތުހުމަތާ ގުޅިގެން އޭނާ ސަސްޕެންޑު ކުރި ނަމަވެސް ފަހުން ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު (ކުޑީ) މަގާމުން ވަކިކުރުމަށްފަހު ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލު ކުރީ އޭނާއާ އެވެ. 

ޑީއެމްޑީގެ މަގާމުން ބައްސާމު ވަކިކުރިކަން ކަށަވަރުވީ ނަމަވެސް އޭނާ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެކަން ޔަގީންވެފައިނުވެ އެވެ. 

ބައްސާމުގެ އިތުރަށް އެމްއެމްޕީއާރުސީގެ ބޯޑުގެ މެންބަރެއްގެ މަގާމުގައި ހުންނެވި އާސިމްވެސް އެ މަގާމުން ވަކިކޮށްފައިވާކަން "މިރާ"އަށްވަނީ ކަށަވަރުވެފަ އެވެ. 

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރި ފާތިމަތު މުހައްމަދު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އިބްރާހީމް ޝިއުރީ އެވެ. އެ ކުންފުނީގެ ބޯޑުގެ ޗެއާމަަންގެ މަގާމުގައި ހުންނެވި ނޫރައިން އަލީ ޖަނާހުވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

ނޫރައިން މަގާމުން އިސްތިއުފާދެއްވައި ފޮނުއްވި ސިޓީއެއްގައި ކުންފުނީގެ ހިންގުމުގައި ބައްސާމް ހިމެނޭހެން އެއިރުގެ މެނޭޖުމެންޓުން އަމަލުކުރަމުން އައި ގޮތުގައި ހުރި ގިނަ ގޯސްތަކެއްވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.