ސަރުކާރުގެ ޔަގީންކަން؛ ބޭރުގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނެ

"ބައެއް ފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާ ކަމަށް ގަބޫލު ކުރަމެވެ. އެއީ މިއަދަކު އެކަނިވި ކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ،"

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ސަރުކާރުގެ އެހީގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނެކަމުގެ ޔަގީންކަން ސަރުކާރުން ބުނެފި އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލޯނު ފައިސާ ލިބުމުގެ ދަތިކަން ވަރަަށް ބޮޑުވެ އެކަމާ ގުޅޭ ތަފާތު ވާހަކަތައްް ދަނީ ފަތުރަމުންނެވެ.

ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން ދެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ މި ދަރިވަރުންގެ ކޯސްފީއާއި ލިވިން އެލައުންސާއި އެހެނިހެން ހަރަދުތައް ހަމަޖެހިފައިވާ އުސޫލުން ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ އެ މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަ ކަމެއް ކަމަަށެވެ.

"ނަމަވެސް ބައެއް ފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާ ކަމަށް ގަބޫލު ކުރަމެވެ. އެއީ މިއަދަކު އެކަނިވި ކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ،"

އެ މިނިސްޓްރީން ބުނީ އާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވާސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ވަގުތު ނެގުން ކަމަށެވެ.

"ކަން މިހެން ހުރުމާ އެކު މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ހިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ހިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ. އެހެންކަމުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް، ދޭންއޮތް ޔަގީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް ކުރެވެން އޮތް ކޮންމެ ކަމެއް ދިވެހި ސަރުކާރުން ކުރާނެ ކަމެވެ،"

ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، ގައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރު ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަރިން ބިނާކުރުމުގެ މި ފަދަ ގައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ހަގީގަތް އޮޅޭފަދަ ގޮތަކަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދިނުމަކީ މިނސްޓްރީން އެކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމަށް ބުންޏެވެ. އަދި، މިނސްޓްރީގެ އިލްތިމާސަކީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަބަރު ފަތުރާ ވަސީލަތްތަކުން އަމަލު ނުކުރުމަށް ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.