އެމްޑީޕީގެ މާލެސިޓީގެ ރައީސް ކަމަށް މޫސަ، އެކަމަކު ފުރުސަތެއް ނެތް

މޫސަ ވަނީ އެމްޑީޕީގެ މާލެސިޓީގެ ރައީސް ކަމަށް ވަނީ ކުރިމަތިލާފަ އެވެ. އެ ހުށައެޅުމާ ގުޅިގެން ފިޔަވަޅު އަޅާ ކޮމެޓީން ވަނީ މައްސަލަ ބަލާފަ އެވެ.

ރީކޯ މޫސާ މަނިކު --

އެމްޑީޕީގެ މާލެސިޓީގެ ރައީސް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކުރިމަތިލުމަށް ހުށައެޅުމުން އެ ފުރުސަތު ނެތް ކަން އެ ޕާޓީން އަންގައިފި އެވެ.

މޫސާ މަނިކަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އެވެ. ނަމަވެސް 2014 ވަަނަ އަހަރު އޭނާ ވަނީ އެމްޑީޕީން ވަކިކޮށްފަ އެވެ. އެމްޑީޕީން އޭނާ ވަކިކުރީ ރައީސް މުހައްމަދު ނަޝީދާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި ވަނިކޮށެވެ.

މޫސަ، އެމްޑީޕީއާ އަލުން ގުޅުނީ މިދިޔަ 2022 ވަނަ އަހަރު އެވެ. ނަމަވެސް ނޮވެންބަރު 9، 2022 ގައި މޫސަ އަލުން އެ ޕާޓިއާ ގުޅުމަށް ފުރުސަތު ދިނީ ކުރިއަށް އޮތް ފަސް އަހަރަށް އެ ޕާޓީގެ އެއްވެސް އިންތިހާބެއް ގައި އަދި ޕްރައިމަރީ އެއްގައި ވެސް ވާދަ ނުކުރެވޭ ގޮތަށެވެ.

ނަމަވެސް މޫސަ ވަނީ އެމްޑީޕީގެ މާލެސިޓީގެ ރައީސް ކަމަށް ވަނީ ކުރިމަތިލާފަ އެވެ. އެ ހުށައެޅުމާ ގުޅިގެން ފިޔަވަޅު އަޅާ ކޮމެޓީން ވަނީ މައްސަލަ ބަލާފަ އެވެ. ކޮމެޓީން ނިންމާފައި ވަނީ މޫސަގެ ހުށައެޅުން ގަބޫލު ނުކުރުމަށެވެ. އަދި ފަސް އަހަރުގެ މުއްދަތަށް ޕާޓީގެ އެއްވެސް އިންތިހާބެއް ގައި އަދި ޕްރައިމަރީ އެއްގައި ވެސް ވާދަ ކުރުމުގެ ފުރުސަތު ނުދޭން އޮތް އޮތުން ދަމަހައްޓާށެވެ.

ކޮމެޓީގެ އެ ނިންމުން މޫސައާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ. މޫސަ ވަނީ އެ ނިންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށް ޕޯސްޓެއް ކޮށްފަ އެވެ. މޫސަވަނީ އެމްޑީޕީ ލީޑާޝިޕުން މިހާ ވަރަކަށް އެކަމާ އުޅެނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކޮށްފަ އެވެ.

"ކީކޭދެން ބުނާނީ. އެމްޑީޕީގެ ލީޑާޝިޕުން އަޅުގަނޑަށް މިހާ ވަރެއް ކުރަން މި ޖެހެނީ ކޮން ސަބަބަކާ. ހުރެތޯ؟ އެއްވެސް  ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް. 2014 ގަ ޕާޓީން ކަނޑާލީ ވެސް ނަޝީދު އަށް ވެރިކަން ލިބުމުގަ  ހުރަހަކަށް ވާތީކަ ން ޔަގީން މިހާރުވެސް އެ ބިރު،" މޫސަ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.