ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާގެ ކްރިކެޓް ޓީމަށް ރާއްޖެ އައުމަށް ދައުވަތު ދީފި

އިންޑިއާ ކްރިކެޓު ޓީމުންވަނީ ވޯލްޑް ކަޕްގައި ބޮޑު ކާމިޔާބީއެއް ހޯދައިފި

ކްރިކެޓް ވޯލްޑް ކަޕުގައި އިންޑިއާގެ ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް އެ ޓީމަށް ދައުވަތު ދީފި އެވެ. 

ރާއްޖޭގައި އެ ޓީމުގެ ކާމިޔާބީ ފާހަގަކުރަން އައުމަށް ދައުވަތު ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިންނެވެ. 

އެމްއެމްޕީއާރުސީއާއި މަޓީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަސްމީކޮށް އިންޑިއާ ކްރިކެޓް ޓީމަށް ދައުވަތު ދިނުމަށް ފޮނުވި ސިޓީގައި އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހީމް ޝިއުރީއާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު އެ ޓީމަަށް ތަހުނިޔާ ވިދާޅުވުމާއެކު ހޯދި ފުރިހަމަ ކާމިޔާބަށް ތާރީފު ކުރައްވާފައިވާ ކަމަށެވެ. 

އަދި ރާއްޖޭގައި ޓީމު ހޯސްޓު ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު، އެ ޓީމަށް ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތަކާއި، އަރާމުކޮށްލުމާއި ހާއްސަ މެހެމާންދާރީއާއި ރާއްޖެއިން ނޫނީ ތަޖުރިބާ ނުކުރެވޭނެ  އެތައް ކަމެއް ރާއްޖެއިން އެ ޓީމަށް ލިބޭނެކަން ސިޓީގައި އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

އޭގެ އިތުރަށް ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ ސަގާފީ ގުޅުމާއި ކުޅިވަރުގެ ގުޅުންތައްވެސް ސިޓީގައި އެ ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވި ގޮތުގައި އިންޑިއާގެ ކްރިކެޓު ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެންމެ ފުރިހަމަ މަންޒިލަކީ ރާއްޖެ އެވެ. އަދި އެ ޓީމަށް މަރުހަބާ ކިޔައި އެޓީމަށް ލިބުނު ކާމިޔާބުގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭ ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

އިތުރަށް ޝިއުރީ ވިދާޅުވީ އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމާއެކު އަރާމުކޮށްލުމުގެ ފުރިހަމަ ތަޖުރިބާއެއް ރާއްޖެއިން ފޯރުކޮށްދިނުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.