"ދިދަޔާއޭ ކިޔާ ރައީސްއަށް ޖޯކު ޖަހަނީ ގައުމު ފަސާދަ ކުރަން"

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި މުހައްމަދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޑރ. މުހައްމަދު ޖަމީލް ފަހަކަށް އައިސް "އޭ މިހިރަ ދިދައާ" އޭ ވިދާޅުވެ ރައީސަށް ފުރައްސާރަ ކުރައްވާތީ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ދުވަހު ދިވެހި ދިދައަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅު ޖޯކަކަށް ހަދައިގެން އިދިކޮޅު ބައެއް ބޭފުޅުން އެކި ގޮތްގޮތަށް ވާހަކަ ދައްކަވަނީ ގައުމު ފަސާދަ ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަލްސާގައި މުހައްމަދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޑރ. މުހައްމަދު ޖަމީލް ފަހަކަށް އައިސް "އޭ މިހިރަ ދިދައާ" އޭ ވިދާޅުވެ ރައީސަށް ފުރައްސާރަ ކުރާތީ އެވެ.

"... ދިދަޔާއޭ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ވިދާޅުވަން ވެގެން. މި ގައުމުގެ ސިޔާދަތާ މިނިވަންކަމާ އިސްތިގުލާލަށް އެންމެ ހަރުދަނާ ފިޔަވަޅެއް އެޅުއްވީ ޑރ. މުއިއްޒުކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު ވާނެ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީނާއި ޖަމީލް އުޅުއްވަނީ ގައުމު ފަސާދަ ކުރައްވަން ކަމަށެވެ. "އޭ މިހިރަ ދިދައާ" އޭ ކިޔައި ޖޯކު ޖަހާއިރު، ރައީސް އެދުވަހު އެޅުއްވި ފަލަ ރޮނގުގެ ސަބަބުން މިއަދު ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށެވެ.

މުހައްމަދު އިސްމާއިލް ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ އރިހުގައި އުޅުއްވާ ޑރ. ޖަމީލަށާއި މުހައްމަދު މަލީހު ޖަމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ދެ މީހުން ސަރުކާރާއި ރައީސް މުއިއްޒަށް ނިސްބަތްކޮށް މުޅިންވެސް ދައްކަމުން ގެންދަވަނީ ދޮގު ވާހަކަތައް ކަމަށް ވިދާޅުވި އެވެ.

"ފެށުނީއްސުރެ ކަލޭމެންނަކީ މި ގައުމުގެ ސިޔާދަތާ މިނިވަންކަން ވިއްކާލައިގެން ނަމަވެސް، ކަލޭމެންގެ އަމިއްލަ ޖީބު ބޮޑުކުރަން މަސައްކަތް ކުރުން ފިޔަވާ ކަމެއް ކުރި ބައެއް ނޫން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑރ. ޖަމީލް މިހާތަނަށް މި ގައުމަށް ކޮށްދިން އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނައިބް ރައީސްކަން ލިބިވަޑައިގަތުމުން އުޅުއްވީ އެ ވެރިކަން ވައްޓާލާ ރައީސް ކަމަށް ވަޑައިގަންނަވަން ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީން އަލަށް އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވާ ކޮންމެ ޖަލްސާއެއްގައި ވެސް ދިދައަށް ނިސްބަތްކޮށް ރައީސް ދެއްކެވި ވާހަކަފުޅަށް އެބޭފުޅުން ޖޯކު ޖައްސަވަ އެވެ. އެ ޖަލްސާތަކުގައި މުޅިން ވެސް އޮންނަނީ ރައީސަށާއި ސަރުކާރަށް ފާޑުކިޔުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.