ކުރީ ސަރުކާރުން އޭޑީކޭއަށް ދޭންޖެހޭ 144 މިލިއަން ރުފިޔާ ނުލިބިގެން މަޖިލީހަށް

އެ ސިޓީގައި ބުނެފައިވާ ގޮތުން އެ ކުންފުންޏަށް ލިބެންޖެހޭ 144.3 މިލިއަން ރުފިޔާގެ ތެރެއިން 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ އެ ފައިސާ ހޯދުމަށް ބިލު ކުރިތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކަށް ނުދައްކައި ހުރި ފައިސާ އެވެ.

އޭޑީކޭ ކުންފުނީގެ ވެރިޔާ ނާޝިދު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ

އޭޑީކޭ ކުންފުނިން ސަރުކާރަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކާއި މުދަލަށް ދޭންޖެހޭ 144 މިލިއަން ރުފިޔާ ނުދީގެން އެ ފައިސާ ހޯދުމުގައި މަޖިލީހުގެ އެހީތެރިކަމަށް އެ ކުންފުނިން އެދިއްޖެ އެވެ. 

އޭޑީކޭގެ ފަރާތުން މި ފައިސާ ނުލިބެގެން ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަ މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށްވަނީ ހުށަހަޅާފަ އެވެ. މަޖިލީހަށް އޭޑީކޭގެ ފަރާތުން ފޮނުވި ސިޓީ މިއަދު ކޮމިޓީއަށް އިއްވަވައިދެއްވީ ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. 

އޭޑީކޭއަކީ މުހިއްމު ހިދުމަތްތަކެއް ކުރާ ކުންފުންޏެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެ ކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ކުންފުނިން ކްރެޑިޓަށް ދޫކޮށްފައިވާ މުދަލާއި، އާސަންދައަށާއި އެންސްޕާއަށް ކޮށްފައިވާ ބިލުތަކާއެކު ޖުމްލަ 144 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސަރުކާރުން ނުލިބި އޮތްކަމަށް ކަމުގައެވެ. 

އެ ސިޓީގައި ބުނެފައިވާ ގޮތުން އެ ކުންފުންޏަށް ލިބެންޖެހޭ 144.3 މިލިއަން ރުފިޔާގެ ތެރެއިން 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ އެ ފައިސާ ހޯދުމަށް ބިލު ކުރިތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކަށް ނުދައްކައި ހުރި ފައިސާ އެވެ. 

މާލިއްޔަތު ކޮމިޓީގައި އެ ސިޓީއާމެދު ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި ފުނިޖެހިފައި ހުރީ ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހިފައި ހުރި ފައިސާ ނުދައްކައިގެން މަޖިލީހަށް ފޮނުވާފައި ހުރި މައްސަލަތަކެވެ. 

އަދި ޝުޖާ ވިދާޅުވީ މިހާރު މިކަމުގައި ހާލަތު އޮތް ގޮތް ސާފުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރު ބަދަލުވި ފަހުން އޭޑީކޭ ކުންފުނީގެ ހިދުމަތްތަކަށް އެއްވެސް މިންވަރަކަށް ބުރާއަރާ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ސާފުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ފާހަގަކުރެއްވި ގޮތުގައި އޭޑީކޭގެ ސިޓީއަކީ 9 ނޮވެންބަރު 2023 ގައި ހުށަހަޅާފައި އޮތް ސިޓީއެކެވެ. އައު ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ހުށަހެޅި މައްސަލައެއް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލިސް ނިމިގެންދިޔައިރު އެޖެންޑާ ނުކޮށް އޮތް އޮތުމާމެދު ސަލީމު ސުވާލު އުފެއްދެވި އެވެ. 

ސަލީމުވެސް ފާހަގަކުރެއްވި ގޮތުގައި މިހާރު އޭޑީކޭއަށް ދޭންހުރި ފައިސާގެ އަދަދަތުކާއި މިހާރުގެ ހާލަތު ދެނެގަތުމަކީ މުހިއްމު ކަމެކެވެ. ޝުޖާ ހުށަހެޅުއްވި ގޮތަށް މިހާރުގެ ހާލަތު ބެލުމަށް އޭނާވެސް ތާއީދު ކުރެއްވި އެވެ. 

މިއަދު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިހާރުގެ ހާލަތާ ގުޅޭ މައުލޫމާތު އޮޅުންފިލުވުމަށް އޭޑީކޭ ކިބައިން އެދުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.