އެމްއެސްއައިގެ އޮތޮރައިޒްކަން މި ކުންފުންޏަށް ލިބުމާއެކު ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އިނާމަކަށް އެމްއެސްއައި ގޭމިން ލެޕްޓޮޕެއް ލިބޭނެ އެވެ.
ރާއްޖޭގައިވެސް ގޭމު ކުޅޭ ޒުވާނުން ގިނަ އެވެ. މިއީ އެއް ޒަމާނެއްގައި ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި އޮތަސް މިހާރު މިއީ ގައުމު ތަމްސީލް ކުރާ ގައުމަށް ރީތިނަން ހޯދައިދޭ ކުޅިވަރެކެވެ. އެކަމަކު މި ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ރާއްޖޭގައި އޮތް އެއް ގޮންޖެހުމަކީ އެކަށީގެންވާ ސިސްޓަމް ފަސޭހައިން ނުލިބުމެވެ. އެކަމަކު ދިވެހި ކުންފުނި މެކްސްކޮމް ޓެކްނޮލޮޖީސް އިން މިވަނީ މި ދަތިކަން ނައްލާތާފަ އެވެ.
މެކްސްކޮމް ޓެކްނޮލިޖީސް އިން ގޭމިންގައި ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑް އެމްއެސްއައިގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން ނެގުމާއެކު މިހާރު މެކްސްކޮމް އިން މި ބްރޭންޑުގެ ގޭމިން ޑެސްޓޮޕާއި ލެޕްޓޮޕަށް ސާވިސް ވެސް ލިބޭނެ އެވެ.
އެމްއެސްއައިގެ އޮތޮރައިޒްކަން ނެގުމާއެކު މެކްސްކޮމް އިން މިވަނީ މި ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.
މި ޕްރޮމޯޝަން މިމަހުގެ 8 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި މެކްސްކޮމް އިން މި ބްރޭންޑުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި އިނާމަކަށް އެމްއެސްއައި ގޭމިން ލެޕްޓޮޕެއް ދޭނެ އެވެ.
މެކްސްކޮމް - މެކްސްކޮމް އަކީ އައިޓީ ދާއިރާގައި 20 އަހަރުގެ ހިދުމަތްކޮށްފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުރިހާ ޕްރޮޑަކްޓްތަކެއްގެ އޮތޮރައިޒްކަން ޑިސްރިބިއުޓާ އަދި ރީޓެއިލިން ހިދުމަތްދޭ ކުންފުންޏެކެވެ. އަދި ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓުގެ އިތުރުން ޑެސްޓޮޕުވެސް ވިއްކަ އެވެ. މީގެ އިތުރުން އެންމެ ހާއްސަ ކަމަކީ އެންޓަޕްރައިސް އައިސީޓީ ހާޑްވެއާއަށް އެ ކުންފުނިންދޭ ހާއްސަ ސޮލިއުޝަނެވެ.