ކުށްކުރާ ގޭންގަކުން ފުލުހަކަށް ބިރުދެއްކި މައްސަލައެއް ބަލަނީ

ފުލުހުން ވަނީ މިފަދަ މައްސަލައެއް ބަލަމުން ދާކަމަށް ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް އެކަމަކާ އެއްވެސް ގުރޫޕެއް ނުވަތަ ނެޓްވޯކަކާ ގުޅުން އޮތްކަން ފާހަގަނުވާކަމަށް ފުލުހުން ބުނެ އެވެ.

މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކުށްކުރާ ގޭންގަކުން ފުލުހަކަށް ބިރުދައްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

ސޯޝަލް މީޑިއާގެ އެކްސްގައި އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭގައި މަސައްކަތް ކުރާ ފޮރެންސިކް ފުލުހެއްގެ އަނބިމީހާއަށް ގޭންގަކުން ބިރު ދައްކާފައިވާކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މިފަދަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އެހެން ނަމަވެސް މިކަމާ ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ ގުޅުމެއް އޮތްކަމަކަށް އަދި ފާހަގައެެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. 

ގޭންގުތަކުގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު، ދާދި ފަހުން އަނެއްކާވެސް ކުށްކުރާ ގްރޫޕްތަކުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ. އެފަދަ ކުށްތައް ނައްތާލުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.