އެމްއެމްޕީއާރުސީގެ ބޯޑަށް ގެސްޓްހައުސްތަށް ތަމްސީލް ކުރާނެ މެންބަރަކާއި އިތުރު މެންބަރެއް

އެމްއެމްޕީއާރުސީގެ ބޯޑަށް އާ މެންބަރުން އައްުޔަންކޮށްފައި ވާއިރު، ބޯޑުމެންބަރުންގެ ތެރެއިން ދެބޭފުޅަކު ދާދި ފަހުން އިސްތިއުފާ ދެއްވި އެވެ.

އެމްއެމްޕީއާރުސީ ބޯޑަށް އައްޔަށް ކުރި އަބްދުލް ސަމީއު އިމާދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ގެސްޓްހައުސްތަށް ތަމްސީލް ކުރާނެ މެންބަރާއި އަންހެން މެންބަރަކު އައްޔަންކޮށްފި އެވެ. 

މިކަން އިއުލާނުކޮށް އެމްއެމްޕީއާރުސީއިން ކުރި ޕޯސްޓެއްގައި، އަލަށް އައްޔަންކުރި ދެބޭފުޅުންނަށް މަރުހަބާ ކިޔާފައި ވެއެވެ. މިފަހަރު އެ ބޯޑަށް އައްޔަން ކޮށްފައިވަނީ ގޭމްގެ ބޯޑް މެންބަރު އަބްދުލް ސަމީއު އިމާދާއި އާއްމު މެންބަރެއްގެ ގޮތުގައި އައިޝަތު ހަމީދު އެވެ. 

އެމްއެމްޕީއާރުސީ ބޯޑަަށް ބަދަލު ގެނެސްފައިވާއިރު އެ ކުންފުންޏަށް ވަނީ އާ އެމްޑީއެއް އައްޔަން ކޮށްފަ އެވެ. އާ މެނޭޖިން މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އެވެ. ޝިއުރީ އެ މަގާމަށް އައްޔަން ކުރީ ކުރީގެ އެމްޑީ ފާތުމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކި ކުރުމުންނެވެ. 

އެމްއެމްޕީއާރުސީ ބޯޑު މެންބަރު އައިޝަތު ހަމީދު

ކުޑީ އެ މަގާމުން ދުރުކުރީ އެ ކުންފުނި ހިންގަމުންދާ ގޮތުގެ ސަބަބުން މުޅި ސިސްޓަމް ގޯސްވެ ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. ކުޑީ އެ މަގާމުން ވަކި ކުރުމުގެ ކުރީގައި ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރެއިން ޖަނާހު ވަނީ ކުންފުނީގެ ހުރި ގިނަ މައްސަލަތަކެއް ސަރުކާރުގެ ސަމާލު ކަމަށް ގެންނަވައި އެ ކަމަނާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.