ބަންގާޅަށް މިއަދު އުދުހޭ މޯލްޑިވިއަންގެ ދެ ފްލައިޓް ކެންސަލް

ފްލައިޓް ކެންސަލް ކުރި ސަބަބު މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ކެންސަލްކުރި ދެ ފްލައިޓް އޮތީ މެލޭޝިއާ އެއާޕޯޓުގަ އެވެ. މި ދެ ފްލައިޓް އެ އެއާޕޯޓުގައި އޮތީ އިންޖީނު މަސައްކަތެއް ކުރަން ގޮހެވެ.

މޯލްޑިވިއަންގެ ފްލައިޓެއް: ބަންގާޅަށް ދަތުރުކުރާ ދެ ފްލައިޓް ވަނީ މިއަދު ވަނީ ކެންސަލް ކޮށްފައި --

ބަންގްލަދޭޝްގެ ޑާކާއަށް ދަތުރު ކުރަން މިއަދު ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަންގެ ދެ ފްލައިޓް ކެންސަލް ކޮށްފި އެވެ.

މޯލްޑިވިލިއަން އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މާލެ އިން ޑާކާއަށް ދަތުރުކުރާ Q2-502 އަދި Q2-2502 ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލްކޮށްފައިވާ ކަމަށެވެ. މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، ދިމާވެދާނެ ދައްޗަކަށް އެ ކުންފުނިން ވަނީ މައާފަށް ވެސް އެދިފަ އެވެ.

ފްލައިޓްތައް ކެންސަލް ކުރި ސަބަބު މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ކެންސަލްކުރި ދެ ފްލައިޓް އޮތީ މެލޭޝިއާ އެއާޕޯޓުގަ އެވެ. މި ދެ ފްލައިޓް އެ އެއާޕޯޓުގައި އޮތީ އިންޖީނު މަސައްކަތެއް ކުރަން ގޮހެވެ.

މެލޭޝިއާ އެއާޕޯޓުގެ ހެނގަރަކުން ތެޔޮ ލީކު ވެގެން އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ބަންގާޅަށް މިއަދު ފުރާން އޮތް ދެ ފްލައިޓް އޮތީ އެ އެއާޕޯޓުގައި ތާށިވެފަ އެވެ. 

ބަންގާޅަށް މިއަދު ފުރަން އޮތް ދެ ފްލައިޓް ކެންސަލް ކުރަން ޖެހުނީ އެ ދެ ފްލައިޓަށް ރާއްޖެ އާދެވޭ ގޮތް ބަންދުވެފައި އޮތުމުން ކަމަށް މައުލޫމާތު ލިބެ އެވެ. 

މޯލްޑިވިއަން އިން ވަނީ މި ފްލައިޓްތަކުން ބަންގާޅަށް ދަތުރު ކުރާ ކަސްޓަމަރުން ދަތުރު ކުރާނެ އެހެން ގޮތެއް އޮތްނަމަ، 1671 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.