ނަވާރަ އަހަރުން މަތީ މީހުނަށް މެޑިކަލް ޗެކްއަޕް ތައާރަފްކޮށްފި

މި ސްކީމުގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތަކުންނެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް --

ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އުމުރުން 19 އަހަރުން މަތީގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ޕެކޭޖްތައް ތައާރަފްކޮށްފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ މިއަދުން ފެށިގެން އުމުރުން 19 އަހަރާއކ 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އެ ކުންފުނިން ކުރީން ވެސް އޮތީ ހަމަޖައްސާފައެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އާސަންދަ ކުންފުނިން ބުނީ އަލަށް ފަށައިގަތް އިރު ތައާރަފްކުރި މެޑިކަލް ޕެކޭޖް ތަންފީޒު ކުރުމަށް ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާގެ ޕެކޭޖަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ، ކެންސަރު ސްކްރީނިން ޓެސްޓްތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓްތައް ފިޔަވައި އެހެން ޓެސްޓްތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެދޭނެ ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓްތައް ވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ ސްކީމްގެ ތެރެއިން އިންތިޒާމްތައް ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.

މި ސްކީމުގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.