މުހައްމަދުފުޅު ނިޔާވީ އުމުރުން 80 އަހަރުގަ އެވެ. ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.
ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި މ. ކަރާދުނބުރިއާގެ، މުހައްމަދުފުޅު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މުހައްމަދުފުޅު ވަނީ 43 އަހަރަަށްވުރެ ދިގު މުއްދަތަކު ސަރުކާރަށް ހިދުމަތް ކުރައްވާފައރވެ. ސަރުކާރުގެ ހިދުމަތުން ރިޓަޔާ ކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ މުހައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާފަ އެވެ. މާތް ﷲ ގެ ތަނަވަސް ރަހްމަތު ގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ލެހެއްޓެވުން އެދި ވެސް ދުއާ ކުރައްވާފައިވެ އެވެ.
މުހައްމަދުފުޅު ނިޔާވީ އުމުރުން 80 އަހަރުގަ އެވެ. ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.