ޝުޖާއު، ޔާމީނަށް: ބުރަ މަސައްކަތް ކުރީމަ ބޮލުގައި އެޅުވީ ބަދުނާމް

ޕީޕީއެމް/ޕީއެންސީގެ ކޮންމެ ލީޑަރެއްވެސް ⁦އިންޑިއާ އައުޓް‬⁩ ހަރަކާތުގައި ބައިވެރިވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހިތާރޫހުން ކަމަށެވެ.

ރައީސް ޔާމީން އަދި މެންބަރު އިބްރާހިމް ޝުޖާއު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ އިން ވަރަށް ވަރުގަދަޔަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ރުއްސެވުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަަށް ބާރަށު ދާއިރާގެ މެންބަރު / ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅޭގޮތުން ދަމިރާ އިން ގެނެސްދީފައިވާ ހަބަރެއް ރި-ޕޯސްޓް ކުރައްވާ ޝުޖާއު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ އިން ވަރަށް ވަރުގަދަޔަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ރުއްސެވުމަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަަށެވެ.

‏ޕީޕީއެމް/ޕީއެންސީގެ ކޮންމެ ލީޑަރެއްވެސް ⁦އިންޑިއާ އައުޓް‬⁩ ހަރަކާތުގައި ބައިވެރިވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހިތާރޫހުން ކަމަށެވެ. އަދި އިންޑިއާ ސިފައިން މި ގައުމުގައި ގާއިމްވެ ތިބެގެން ނުވާނެ ކަމަށް ދެކިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް ހާޑް މަސައްކަތް ކުރީމަ ބޮލުގަ އެޅުވީ ޑީލް ތުހުމަތު،" ޔާމީނަށް ނިސްބަތް ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތީ ހިތާ ރޫހުން، އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އެ ވާހަކަތައް ދެއްކެވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ހުސެއިން އަކީ އޭރު މި ހަރަކާތުގައި ވަރަށް އިސްކޮށް އުޅުއްވި މީހެކެވެ.

"މިއަދު އޭނަ [ހުސެން] ލައްވާ ބުނުއްވައިފި މުއިއްޒު، މުއިއްޒު އިންޑިއާ އައުޓް ޓީޝާޓު ލައިގެން އުޅުމާ، އެއީ މުއިއްޒު ކުރެއްވި ކަމެއް ނޫނޭ. އެއީ ރައީސް ޔާމީނަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ހުވާ ކުރެއްވި ދުވަހު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ އެހެންކަމުން "މިހިރަ ދިދަޔާ" އޭ ކިތަންމެ ވަރަކަށް ކިޔަސް، ރައީސް މުއިއްޒުގެ ހަށިކޮޅުގައި ވަތަނީ ސިފައެއް ނެތް ކަމަށެވެ.

"މުއިއްޒު މިދައްކަވާ ވާހަކަ، އެއީ އިންޑިއާ އައުޓް ކެމްޕޭނާ، މިހުރިހާ ކަމެއްގަ މުއިއްޒު ބައިވެރިވީ ރައީސް ޔާމީން ރުއްސާށޭ، ރައީސް ޔާމީނަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުންނޭ، ތިމަންނަ އޮތް ގައުމީ ލޯތްބަކާ ހެދިއެއް ނޫނޭ. އެހެންވީމަ މުއިއްޒު އެހުންނެވީ އިންޑިއާގެ ޕްރެޝަރުގަ ކަމަށް ގަބޫލު ކުރެއްވޭތޯ؟ އެއީ އިންޑިއާ ކައިރިއަށް މިދަނީ ހުރިހާ ލާރިއެއް ހޯދާ ހުރިހާ ކަމެއް ކުރަން،" ރައީސަށް ތުހުމަތު ކުރައްވަމުން ޔާމީން ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.