އަހަރުން އަހަރަށް އޮފް ސީޒަންގެ ތަދު ރިސޯޓްތަކަށް ދަނީ ގަދަވަމުން

ހަ އަހަރަށް ބަލާއިރު އަހަރަށްވުރެ އަހަރެއް މެއި މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށްވަމުންދާ ކަމަށް ދައްކަ އެވެ. މި އަހަރު މި ނިސްބަތް ވަނީ 49 ޕަސެންޓަށް ވެއްޓިފަ އެވެ.

ރާއްޖޭގެ ރިސޯޓެއް : ރިސޯޓް އޮކިއުޕެންސީ އޮފް ސީޒަންގައި ދަނީ ދަށްވަމުން

ޓޫރިޒަމްގެ އޮފް ސީޒަން ފެށޭ މެއި މަހު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ނުވަތަ ރިސޯޓް އެނދު ފުރޭ ނިސްބަތް އަހަރަށްވުރެ އަހަރެއް ވެއްޓި ދަށްވަމުންދާ ކަމަށް ހިސާބު ތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ރިސޯޓްތަކުގެ ޖުމްލަ އޮކިއުޕެންސީ ނުވަތަ ރިސޯޓްތަކުގެ އެނދު ފުރުނު ނިސްބަތް ހުރީ 49 ޕަސެންޓުގަ އެވެ. 

އޮކިއުޕެންސީ އޮފް ސީޒަންގައި ދަށްވުމަކީ އާއްމުކޮށް ވާކަމެކެވެ. ނަމަވެސް 2019 އިން ފެށިގެން ބެލި ނަމަވެސް ރިސޯޓްތަކަށް އަހަރަށްވުރެ އަހަރެއް އޮކިއުޕެންސީ ދަނީ ދަށްވަމުންނެވެ. މިގޮތުން 2019 ވަނަ އަހަރުގެ މެއި މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ އެވްރެޖުކޮށް ހުރީ 55 ޕަސެންޓުގަ އެވެ. ނަމަވެސް މިހާރު ރިސޯޓް އޮކިއުޕެންސީ ވަނީ 49 ޕަސެންޓަށް ސޮއްސާލާފަ އެވެ. 

ރިސޯޓް އޮކިއުޕެންސީ ހަ އަހަރު

  •  2019 މެއި - 55.2 ޕަސެންޓް
  •  2020 މެއި - 16.1 ޕަސެންޓް (ކޮވިޑް އަހަރު)
  •  2021 މެއި - 43.8 ޕަސެންޓް
  •  2022 މެއި - 61.1 ޕަސެންޓް
  •  2023 މެއި - 51.2 ޕަސެންޓް
  •  2024 - މެއި - 49.0 ޕަސެންޓް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު އެވްރެޖުކޮށް މުޅި އަހަރު ދުވަހަށް ބަލާއިރު ރިސޯޓްތަކުގެ ޖާގަ ފުރުނު ނިސްބަތް ހުރީ 76 ޕަސެންޓުގަ އެވެ. އެކަމަކު މެއި މަހު ހުރީ 49 ޕަސެންޓުގަ އެވެ. 

މި އަހަރު ރިސޯޓްތަކުގެ އޮކިއުޕެންސީ

  •  ޖެނުއަރީ - 80.7 ޕަސެންޓް
  •  ފެބްރުއަރީ - 92.7 ޕަސެންޓް
  •  މާރިޗު - 81.6 ޕަސެންޓް
  •  އެޕްރީލް - 75.7 ޕަސެންޓް
  •  މެއި - 49 ޕަސެންޓް

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މެއިގެ ނިޔަލަށް ރިސޯޓްތަކުގައި ހުރި ޓޫރިޒަމް އެނދުގެ އަދަދަކީ 43,051 އެވެ. އަދި ރާއްޖޭގައި ޖުމްލަ ހިންގަމުން ގޮސްފައިވަނީ 175 ރިސޯޓެވެ. އަދި މުޅި ޓޫރިޒަމްގައި ހުރީ ޖުމްލަ 62,044 އެނދެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.