ބުރުގާއެޅި މުސްލިމް އަންހެނަކު އަލަށް އޮސްޓްރޭލިޔާގެ ސެެނެޓަށް

މުސްލިމް އަދި ބުރުގާ އެޅި އަންހެނެއް ކަމަށްވާ ފާތިމާ ޕޭމާން އޮސްޓްރޭލިޔާގެ ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ. މިއީ އެ ގައުމުގެ ސެނެޓަށް މިފަދަ ބޭފުޅަކު އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މިއީ އަދި އެ ގައުމުގައި އެފަދަ މަގާމަކަށް ވަޑައިގެންނެވި އަފްޣާނިސްތާނަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ކާބުލްއަށް ނިސްބާތްވާ ފާތިމާ ޕޭމާން: އޮސްޓްރޭލިއާގެ ސެންޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ބުރުގާ އެޅި މުސްލިމް ފުރަތަމަ އަންހެން ބޭފުޅާއަށް ވެ ވަޑައިގެންނެވި

މުސްލިމް އަދި ބުރުގާ އެޅި އަންހެނެއް ކަމަށްވާ ފާތިމާ ޕޭމާން އޮސްޓްރޭލިޔާގެ ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ. މިއީ އެ ގައުމުގެ ސެނެޓަށް މިފަދަ ބޭފުޅަކު އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މިއީ އަދި އެ ގައުމުގައި އެފަދަ މަގާމަކަށް ވަޑައިގެންނެވި އަފްޣާނިސްތާނަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ފާތިމާ ވަނީ ސެނެޓްގައި ވެސްޓަން އޮސްޓްރޭލިޔާ ތަމްސީލުުކުރާ ހަ ގޮނޑީގެތެރޭން ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ. ފާތިމާގެ ކާމިޔާބީ ފާހަގަ ކުރައްވާ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާއި އޭނާގެ ޕާޓީން ވަނީ ފާތިމާއަށް މަރުހަބާ ކިޔާފަ އެވެ.

ފާތިމާ

ފާތިމާ ޕޭމާން ސެނެޓްގެ ގޮނޑިއެއް ކާމިޔާބުވުމާއެކު އޭނާ ވަނީ އޭނާއަށް ތާއީދުކުރާ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކާބުލްގައި 1995 ވަނަ އަހަރު އުފަންވިި ފާތިމާ ވަނީ 1999 ވަނަ އަހަރު އާއިލާއަކު ޕާކިސްތާނަށް ހިޖުރަކޮށްފަ އެެވެ. އޭނާއަކީ އުޒްބަކިސްތާނުގެ މަންމައަކާއި ތާޖިކިސްތާނުގެ ބައްޕައަކަށް ލިބިފައިވާ ބޭފުޅެކެވެ. ޕާކިސްތާނަށް ދިއުމަށް ފާތިމާގެ ބައްޕަ ރެފިއުޖީއެއްގެ ގޮތު އޮސްޓްރޭލިޔާއަށް ގޮސް ވެސްޓަން އޮސްޓްރޭލިޔާގައި ވަޒަންވެރިވެ 2003 ވަނަ އަހަރު އަންހެންނާއި ފާތިމާ ހިމެނޭ ގޮތަށް ހަތަރު ކުދިން އޮސްޓްރޭލިޔާއަށް ގެންދިޔައީ އެވެ. ފާޠިމާއާއި އާއިލާ ވަޒަންވެރިވެފައި ވަނީ ވެސްޓަން އޮސްޓްރޭލިޔާގެ ޕާތުގަ އެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.