ފަސްޓްލޭޑީ ވިދާޅުވެދެއްވީ ހަކުރުބަލީން ސަލާމަތް ވެވިދާނެ ތިން ގޮތެއް

އެކަމަނާގެ ވާހަކަފުޅުގައި ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު

މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

އެކަމަނާ މިހެން ވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިއީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ އެއް ބަލިކަން ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް-ޓޫ ތަހައްމަލު ކުރަމުންދާ މީހެއްކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ފާހަގަ ކުރެއްވި އެވެ. އެ ތިން ކަމަކީ ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މައުލޫމާތު ހޯދާ މީހަކަށްވުމާ ލިބޭ މައުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާހު ކުރުމާ ހަކުރުބަލި ތަހައްމަލު ކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލު ކަން ދިނުން ކަމުގައި ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް މި ހަފްލާ ގައި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.