އައިޔޫއެމުން ހާފިޒުކަމުގެ އިމްތިހާނު ހެދޭނެ ގޮތް ހަދަނީ

އައިޔޫއެމްގައި ހާފިޒުކަމުގެ އިމްތިހާނު ބޭއްވުމަށް ހާއްސަ ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ މައި އިމާރާތް -- (ފައިލް ފޮޓޯ)

ގުރުއާން ހިތު ދަސްކުރާ ފަރާތްތަކުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) މެދުވެރިކޮށް ހާފިޒު ކަމުގެ އިމްތިހާނު ހެދުމުގެ ފުރުސަތު ހުޅުވާލުމަށް ތައްޔާރު ވެއްޖެ އެވެ. 

މި ހިދުމަތް އައިޔޫއެމްއިން ފެށުމާ ގުޅޭގޮތުން "މިރާ" އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ވައިސް ޗާންސެލާ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަހުމަދު އަމީން މުހައްމަދު ވިދާޅުވީ، އެ ޔުނިވާސިޓީގައި މި ހިދުމަތް ދޭން ފެށީ ހާފިޒު ކަމުގެ އިމްތިހާނާ ބެހޭ އުސޫލު އިސްލާހުކޮށް ދާދި ފަހުން ގެނައި ބަދަލަކާއެކު ކަމަށެވެ. 

"މީގެ ކުރިން މި އިމްތިހާނު ހެދޭނީ ހަމައެކަނި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން. އެކަމަކު އުސޫލަށް އިސްލާހު ގެނެސް، ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލަކާއި އައްޑޫގައި އޮންނަ ދެ ގޮތްޕަކަށް ކޮމެޓީ ހަދާފައި އިމްތިހާނުކުރުމުގެ ހުއްދަ ދިން އިރު، އިތުރަށް މި ދިނީ އަޅުގަނޑުމެންނަށް." އަމީން ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ މި އިމްތިހާނު ހެދުމަށްޓަކާ، ކޮންމެހެން އެއީ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރަކަށް ވުން މުހިންމު ނޫން ކަމަށާއި، އާންމުންނަށް ވެސް އައިޔޫއެމް މެދުވެރިކޮށް އިމްތިހާނު ކުރެވޭނެ ކަމަށެވެ. 

މި އިމްތިހާނަށްޓަކާ އައިޔޫއެމްގެ ތެރޭގައި ފަސް ހާފިޒުންގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަމަށް އަމީން މައުލޫމާތު ދެއްވި އެވެ. މި އިމްތިހާނު ހެދުމަށް އައިޔޫއެމްގެ އަމިއްލަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށާއި، މި އުސޫލު އެކުލަވާލާނީ ގުރުއާނާބެހޭ މަރުކަޒުން އެކަމަށް ތައްޔާރުކޮށްފައިވާ އުސޫލު އަސްލެއް ކަމަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ އިދާރީ މަސައްކަތްތައް ނިމުމާ އެކު އައިޔޫއެމް މެދުވެރިކޮށް ހާފިޒުކަމުގެ އިމްތިހާނު ހެދުމަށް އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.