މާލޭގައި ހަށިވިއްކާ ވިއެޓްނާމްގެ ދެ އަންހެނަކު ހައްޔަރުކޮށްފި

ހަށިވިއްކާ ތަންތަން ހޯދައި، އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރާ މިންވަރު މި ފަހުން ވަނީ އިތުރުވެފަ އެވެ.

ފުޅާކޮށް މާލޭގައި ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު ނަގައި ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން އެ އިދާރާއަށް ދިނުމާއެކު ރޭ ޓާސްކް ފޯސް އިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގި ކަމަށާއި އެ ރެއިޑްގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު ހައްޔަރަށް ނަގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހަށިވިއްކާ ތަންތަން ހޯދައި، އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރާ މިންވަރު މި ފަހުން ވަނީ އިތުރުވެފަ އެވެ.

ދާދި ފަހުން އައްޑޫ ސިޓީ ހަށިވިއްކާ ތަންތަން ހޯދައި 10 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ދިވެހިންނާއި، ތައިލެންޑު، އިންޑިއާ އަދި މިޔަންމާއަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސަލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ 111 ތަނެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.