ތުއްތުކުދިންނަށް މިންހެޔޮ ކާނާ ދޭނެ ގޮތުގެ ފޮތެއް ނެރެފި

މި ފޮތުގައި ތުއްތުކުދިންގެ ކެއުން ތައްޔާރުކުރުމުގައި ސަމާލުވެ އިސްކަންދޭންވީ ކަންކަމާއި، ތައްޔާރުކުރެވިދާނެ ރެސިޕީތައް ހިމަނާފައި ވެއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ފޮތް ލޯންޗުކުރުމުގެ ރަސްމިއްޔާތު؛ މި ފޮތުގައި ކުޑަކުދިންގެ ކާނާ ތައްޔާރުކުރާނެ ގޮތާއި، އެކި ބާވަތްތަކުން ކުދިންގެ ހަށިގަނޑަށް ލިބޭނެ ފައިދާ ކިޔައިދީފައިވޭ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ތުއްތުކުދިންނަށް މިންހެޔޮ ކާނާ ދިނުމަށް އެހީތެރިވެދޭނެ ފޮތެއް ތައާރަފްކޮށްފި އެވެ. 

މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ޔުނިސެފް މޯލްޑިވްސް އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ތައްޔާރުކޮށްފައި ފޮތެކެވެ. މި ގޮތުގައި ތުއްތުކުދިންނަށް އުމުރުން ހަމަސް ފުރުމުން ފައިދާ ހުރި ކާނާ ކާންދޭން ފަށާނެ ގޮތާއި، ފައިދާ ހުރި ކާނާ އިހްތިޔާރުކުރާނެ ގޮތް އަދި ކެއިންބުއިމުގެ އާދަކާދަތައް ބައްޓަންކުރާނެ ގޮތް ކިޔައިދީފައި ވެެއެވެ. 

މި ފޮތް ތައާރަފްކޮށްފައި ވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު އިބްރާހިމް ހަލީލް އެވެ. 

މި ފޮތުގައި ކިޔައިދީފައި ވަނީ އާންމުކޮށް ދިވެހިންނަށް ފަސޭހައިން ލިބޭ ކާނާގެ ބާވަތްތަކާ ގުޅޭ މައުލޫމާތުތަކެވެ. އެގޮތުން އެތަކެތި ކުދިންގެ ކެއުމުގައި ހިމަނާނެ މިންވަރާއި، އޭގައިން ލިބޭނެ ފައިދާ އަދި ކުއްޖާގެ ހަށިގަނޑަށް ލިބޭނެ މުހިންމު މާއްދާތައް ވެސް ކިޔައިދީފައި ވެއެވެ. 

ފޮތުގައި އިސްކަން ދީފައި ވަނީ ކުދިންގެ ކާންދޭން ފަށާ އުމުރު (6 މަހުން) ފެށިގެން އެކުދިންނަށް ކާނާ ތައާރަފްކޮށްދޭން ފަށާނެ ގޮތެވެ. އެއީ ކުއްޖާގެ އުމުރުގެ ފުރަތަމަ 1000 ދުވަހުގެ ތެރޭގައި އަންނަ ވަރަށް މުހިންމު މަރުހަލާއެއްކަން ފޮތުގައި ފާހަގަކޮށްފައި ވެެއެވެ. 

ކުދިންގެ ކެއުމުގައި ގޮވާމާއި ފަމަޑީގެ ބާވަތްތަކާއި، މަހާއި ކިރުގެ ބާވަތްތައް އަދި މޭވާއާ ތަރުކާރީ އަދި އޮށުގެ ބާވަތްތައް ހިމެނިދާނެ ގޮތް ކިޔައިދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.