‎ގެސްޓްހައުސްތަކުން ރިސޯޓް ނާޅަން އެދެނު ފަޅުގަ ގޭމްގެ ރައީސް ރިސޯޓެއް

މިއީ ވާވު އަތޮޅުގައި ޓޫރިޒަމަށް ދޫނުކުރަން ކެމްޕޭން ކުރ ރަށެވެ. މިކަން އޭރުކުރީ އެމްޑީޕީ އިސްވެ އޮވެ އެވެ. އެކަމުގައި އެންމެ އިސްކޮށް ގޭމްގެ އިސްވެރިން މަސައްކަތް ކުރި އެވެ.

ގޭމްގެ ރައީސް ކާނި އަބްދުﷲ

ވާވުގެ ގެސްޓްހައުސް ތަކުން ރިސޯޓް ނާޅަން ކެމްޕޭންކުރި ފަޅެއްގައި، ގެސްޓްހައުސް އެސޯސިއޭޝަން ގެ ރައީސް ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ރިސޯޓު ހަދަން ނިންމަވައި އެ ފަޅު ނަންގަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ދޫކުރި 17 ރަށުގެ ތެރޭން ރިސޯޓެއް ހަދަން ދޫކުރި ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ނަގާފައިވަނީ ކާނި ކުންފުނިންނެވެ. 

އެ ކުންފުންޏަކީ ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ކާނި އަބްދުﷲ ހިއްސާ އޮންނަ ކުންފުންޏެވެ. ކާނި އަބްދުﷲއަކީ މާފުށީގައި ގެސްޓްހައުސް ވިޔަފާރި އެންމެ ގަދަ އަށް ކުރާ އެއް ވިޔަފާރިވެރިޔާ އެވެ. އަބްދުﷲއަކީ ގެސްޓްހައުސް ވިޔަފާރިއަށް ފުރުސަތު ހޯއްދަވަން ވައުދުވެ އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ވަޑައިގެން ހުންނެވި ބޭފުޅެކެވެ. 

މި ރަށުގައި ރިސޯޓެއް ނުހަދަން ކުރިން ވ. ގައި ކެމްޕޭން ވެސް ކުރި އެވެ. އެކަމުގެ އިސް ސަފުގައި ގޭމްގެ އިސްވެރިން ބައިވެރިވެ ތާއީދު ކުރި އެވެ. 

މި ރަށް ދޫކުރަނ ނިންމުމުން ވ. ތިނަދޫ ރައީސް ޝިފާގު ހުސައިން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއީ ވ. އަތޮޅުގެ ރިޒޯޓްތަކާއި ގެސްޓްހައުސްތަކުން އެތަނަކުން އާމްދަނީ ހޯދަމުން ދިޔަ ތަނެކެވެ. މިތަން ދޫނުކޮށް ބޭއްވިނަމަ އެ ރަށުން ދައުލަތަށް ރަށުގައި ރިސޯޓެއް ހަަދައިގެން ލިބޭ އާމްދަނީއަށްވުރެ އިތުރު އާމްދަނީ ލިބޭނެ ކަމަަށް އޭނާ ބުންޏެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.