ދިހަ މީހުންނާ އެކު މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

އެމްއެންޑީއެފުން ބުނީ ފަރަށް އެރި އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ށ.ވަނގާރުން 10 މީހުންނާ އެކު މާލެ ދަތުރުކުރި ދޯނި؛ އެމްއެންޑީއެފް ކޯސްޓުގާޑުން ފަރަށްއެރި ސަރަހައްދަށް ގޮސް އެހީތެރިަކން ފޯރުކޮށްދޭން ފަށައިފި -- ފޮޓޯ: އެމްއެންޑީއެފް

10 މީހުންނާ އެކު ށ.ވަނގާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ. 

އެމްއެންޑީއެފުން ބުނީ، ފަރަށް އެރީ މާލެ ދަތުރުކުރި 75 ފޫޓުގެ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ނަސްފަރު ދޯނި އެރީ ނ. ލޯފަރު ފަރަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ފަރަށް އެރި ނަސްފަރު ދޯނި މިހާރު ވަނީ ދިޔަވާން ފަށާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ހާމަކޮށްފައެއް ނުވެ އެވެ. 

ނަސްފަރު ދޯނި ފަރަށް އެރި ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ގޮސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ނަސްފަރު ދޯނި ފަރަށް އެރި އިރު، އޮތީ ކުނި ބަރުކޮށްފަ އެވެ. އެމްއެންޑީއެފުން ހާމަކުރި ފޮޓޯއިން ފެންނަ ގޮތުގައި ދޯނީ ފަހަތުކޮޅު ވަނީ ދިޔަވާން ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.