އިންޑޮނޭޝިއާގައި ހަރުފައެއްގެ ބަނޑުތެރެއިން ނެގީ އަންހެނެއް

އުމުރުން 36 އަހަރުގެ ސިރިއާތީ ގެއްލުނީ އޭނާގެ ބަލި ދަރިފުޅަށް ބޭސް ގަންނަން އަންގާރަ ދުވަހުގެ ހެނދުނު ގެއިން ނުކުތުމުން ކަމަށް ފުލުހުން ބުނެއެވެ.

އިންޑޮނޭޝިއާގެ މެދުތެރޭގެ ސަރަޙައްދެއްގައި ހަރުފައެއްގެ ބަނޑުތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ސިރިއާތީ ގެއްލުނީ އޭނާގެ ބަލި ދަރިފުޅަށް ބޭސް ގަންނަން އަންގާރަ ދުވަހުގެ ހެނދުނު ގެއިން ނުކުތުމުން ކަމަށް ފުލުހުން ބުނެއެވެ.

ސިރިއާތީ ހޯދަމުން ދަނިކޮށް އޭނާގެ ފިރިމީހާ އަދިޔަންސާ އަށް އޭނާގެ ފައިވާނާއި ހަރުވާޅު ފެނުނީ ސައުތު ސުލަވެސީ ޕްރޮވިންސްގެ ސައިޓްބާ ވިލެޖްގައި ހުންނަ އެ މީހުންގެ ގެއާ ގާތްގަނޑަކަށް 500 މީޓަރު ދުރުންނެވެ. އަދި އެ ސަރަހައްދާއި 10 މީޓަރުވަރު ދުރުން ވަރަށް ބަނޑު ބޮޑު ހަރުފައެއް އަދިޔަންސާއަށް ފެނުމުން ޝައްކުވީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ސަރަހައްދުގެ މީހުންގެ އެހީތެރި ކަމާއެކު އެ ހަރުފައިގެ ބަނޑު ފަޅާލިއުރު ސިރިއާތީ އޮތީ ހަރުފަ ބަނޑުތެރޭގައި މަރުވެފަ އެވެ.
މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހާދިސާތަކެއް ނަމަވެސް މިފަހަކަށް އައިސް އިންޑޮނޭޝިއާގައި އެކި ފަހަރުމަތިން މިފަދަ ޕައިތަން ހަރުފަ ވަނީ އެކި މީހުން ކާލާފަ އެވެ.

ދެކުނު ސުލަވެސީގެ އެހެން ޑިސްޓްރިކްޓެއްގައި ހަރުފައެއް އަންހެނަކު ކާލައި މަރާލާފައި އޮއްވާ މިދިޔަ މަހު ފެނިފައި ވެއެވެ.

    ކޮމެންޓް

    0
    450

    މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

    Newsroom
    Phone: 7819333
    Email: news@themirror.mv
    Marketing
    Phone: 7399333
    Email: marketing@themirror.mv
    H. Fairlin, Bodu thakurufaanu magu, Male
    Republic of Maldives
    © 2024 Mi. All rights reserved.