މިއީ ދީނީ އަދި އިޖުތިމާއީ ތަފާތު ޕްރޮގުރާމްތަކާ އެކު ލ އަތޮޅުގައި ހިންގާ އެންމެ ބޮޑު ހަރަކާތެވެ.
ދީނީ އަދި އިޖުތިމާއީ ތަފާތު ޕްރޮގުރާމްތަކާ އެކު "ލާމަށް" ސީޒަން ދޭއް މާދަމާ ފެށުމަށް ނިންމައިފި އެވެ.
މިއީ އިލްމު ޖަމިއްޔާ އިން ޖަމިއްޔަތުއްސަލަފާއި ލާމު ޕޮލިސް އަދި ލ. އަތޮޅު ކައުންސިލާއި ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ގުޅިގެން ރާވާ ހިންގާ ހަރަކާތެކެވެ. މިއީ ދީނީ އަދި އިޖުތިމާއީ ތަފާތު ޕްރޮގުރާމްތަކާ އެކު ލ އަތޮޅުގައި ހިންގާ އެންމެ ބޮޑު ހަރަކާތެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ވަނީ ފުރަތަމަ ސީޒަން ކުރިއަށް ގެންގޮސްފަ އެވެ. މި ފަހަރުގެ ޕްރަގުރާމްތައް ވެސް ކުރިއަށް ގެންދަނީ ރާއްޖޭގެ އިތުބާރުހުރި އިލްމުވެރިންނާއި ކުޅިވަރު ޝަހްސިއްޔަތުތަކާއި ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ބައިވެރިވާނެ އެވެ.
އެގޮތުން މި އަހަރުގެ ހަރަކާތުގައި ބައިވެރިވަނީ؛
"ލާމަށް" ސީޒަން ދޭއް ގައި އަތޮޅުގެ އިސްދޫ އާއި ދަނބިދޫ އާއި މުންޑޫ އާއި މާބައިދޫ އާއި ގަމާއި މާވަށާއި ފޮނަދޫ އާއި މާމެންދޫ އާއި ކުނަހަންދޫ އާއި ހިތަދޫ އަދި ކަލައިދޫ ގައި ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.
އެގޮތުން ދީނީ ތަފާތު އެކި ހަރަކާތްތައް ހިންގާނެ އެވެ. ބެލެނިވެރީންނާއި ދަރިވަރުންނަށް ހާއްސަ ޕްރަގްރާމްތަކާއި ލީޑާޝިޕް ޕްރަގްރާމްތައް ވެސް ހިންގާނެ އެވެ. އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުން މުޅި ލާމުގައި ބުލީއާ ދެކޮޅަށް ހާއްސަ ހަރަކާތެއް ވެސް ހިންގާނެ އެވެ.
އެގޮތުން ހިންގާ ބައެއް ހަރަކާތްތަކަކީ؛
މި އަހަރުގެ ސީޒަން ކުރިއަށް ގެންދަނީ އަގުހުރި ބައެއް އިނާމުތައް ވެސް ހުށައަޅައިގެންނެވެ.
އެ ގޮތުން ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވާ އެންމެންގެ މެދުގައި ގުރުއަތެއް ނަގާނެ އެވެ. އެއްވަނަ އިނާމަކީ އުމްރާ ދަތުރެކެވެ. ދެވަނަ އިނާމަކީ ފްރީ ސްޓޭންޑް އަވަނެކެވެ. ތިންވަނަ އިނާމަކީ ވެކިއުމް ކުލީނާ އެކެވެ.