އާސަންދައިގެ ދަށުން އެންމެ ބޮޑު ހޭދައެއް ކުރަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އެ ހޮސްޕިޓަލްތަކުގެ އާމްދަނީ ގައި ދިވެހި އާސަންދަ ފައިސާގެ ދައުރު ބޮޑެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފަ އެވެ. ހީނާ ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ ފިޔަވަޅު އެޅީ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ އަގު ވަރަށް ބޮޑުވުމުން ކަމަށެވެ. ހެޔޮ އަގެއްގައި ހިދުމަތް ދިނުމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަޝްވަރާތަކުން ނިކުންނަ ނަތީޖާއަކުން ދެން ހިދުމަތް ފެށޭނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް ހީނާ ވިދާޅުވީ އެ ހޮސްޕިޓަލުން މިހާރު ހިދުމަތް ހޯދަމުންދާ މީހުންނަށް އާސަންދަ ދޭނެ ކަމަށެވެ. ހުއްޓާލީ އަލަށް އެ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އިތުރު މީހުން ފޮނުވުމެވެ.
ހީނާ ވިދާޅުވި ގޮތުގައި ހިދުމަތްތަކުގެ އަގު ބޮޑުވުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ހޮސްޕިޓަލަށް އިތުރު ފައިސާ ދައްކަން ޖެހުމުގެ ޝަކުވާ ދިވެހީން ކުރެ އެވެ. އަދި ފަރުވާގެ އެކި މަރުހަލާތަކުގައި ދައްކަން ދިއުމުން އިތުރު ފައިސާ ނަގާ މައްސަލަ ތަކެއް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އާސަންދައިގެ ދަށުން އެންމެ ބޮޑު ހޭދައެއް ކުރަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އެ ހޮސްޕިޓަލްތަކުގެ އާމްދަނީ ގައި ދިވެހި އާސަންދަ ފައިސާގެ ދައުރު ބޮޑެވެ.
ސަރުކާރުން ވަނީ އިންޑިއާ / ލަންކާގެ އިތުރުން ބެންކޮކާއި ޔޫއޭއީ ފަދަ ގައުމުތަކަށް ވެސް އާސަންދަ ފުޅާކުރުމަށް މަސައްކަތް ފަށާފަ އެވެ.