ކާމިޔާބުވާނީ ނަފްސަށް އިތުބާރުކޮށް ގަދައަޅާ ކުރާ މަސައްކަތުން: ރައީސް

މަތީ ސާނަވީ ތައުލީމަކީ މުސްތަގްބަލު ބައްޓަން ކުރުމަށާ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެެސެމްބްލީއަށް ފަހު ބައެއް ދަރިވަރުން ރައީސާއެކު ސެލްފީ ނަގަނީ

ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ އަޒުމެއް އޮތުން މުހިންމު ކަމަށާ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ސެންޓަރުގަ އި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިމާރާތުގައި ކުރިއަށް ދިޔަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ސާނަވީ މަރްހަލާގެ ކިޔެވުމަކީ އުމުރުގައި ދެ ވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫންކަމުގައި ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަގްބަލު ބައްޓަން ކުރުމަށާ ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެެސެމްބްލީއަށް ފަހު ބައެއް ދަރިވަރުން ރައީސާއެކު ސެލްފީ ނަގަނީ

މި އެސެމްބްލީ ގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު އެމަނިކުފާނު ފެއްޓެވީ މީގެ ތިރީހަކަށް އަހަރު ކުރީން 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ސީއެޗްއެސްސީ ގައި (އޭރުގެ އެސްއީސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުންނެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލު ކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހުރިއްޔާ ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަ ގެދޮރުވެރިކަމާއި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެެސެމްބްލީއަށް ފަހު ބައެއް ދަރިވަރުން ރައީސާއެކު ސެލްފީ ނަގަނީ

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާ ވެސް ހުންނަން ވާނެ ކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅު ގައި ބާރުއެޅުއްވިއެވެ.

ރައީސްގެ ހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާ އެކު، ނުގުޑާފަދަ އަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތް ކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.