ހިޔާ އަވަށުގައި ދެ އެކްސިޑެންޓެއް، އަނިޔާވި ޒުވާނެއްގެ ހާލު ސީރިއަސް

މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ދަތުވާ ދެމުންނެވެ. އުމުރުން 19 އަހަރުގެ އެ ޒުވާނާގެ ހާލު ސީރިއަސް އެވެ.

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ: ހާލު ސީރިއަސް

ހުޅުމާލެ ހިޔާ އަވަށުގައި ހިނގި އެކްސިޑެންޓެއް ގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފި އެވެ.

ހިޔާ ޓަވަރު -- އެޗް5 ކައިރި މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 8:13 ގަ އެވެ. އެކްސިޑެންޓްވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ބުނި ގޮތުގައި ސައިކަލު ކޮންޓްރޯލް ނުވެގޮސް ކާރުގައި ޖެހުނީ އެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ދަތުވާ ދެމުންނެވެ. އުމުރުން 19 އަހަރުގެ އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޒުވާނާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށް ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އެކްސިޑެންޓެއް

މިއަަދު ހެނދުނު 9:45 ހާއިރު ވެސް ހިޔާ އަވަށުގައި ވަނީ އެކްސިޑެންޓެއް ހިނގާ ފަ އެވެ. އާހިޔާގޮފި ކައިރީ އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓް ގައި ދެ ސައިކަލު ގައި ތިބި މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެއް ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސެއް ނެތެވެ. އަނެއް ސައިކަލް ދުއްވީ އުމުރުން 33 އަަހަރުގެ ދިވެހި އަންހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް އޮތް ކަމަށް ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.