ކޮންޓްރެކްޓަރުންންގެ ފައިސާ ހޯދަން ސަރުކާރާ ވާހަކަ ދައްކަން މަސީން ކޮމެޓީއެއް

އަންދާޒާ ކުރެވޭ ގޮތުގައި ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ.

މަސީގެ ބައެއް މެންބަރުންނާއި ރައީސް ޑރ. މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން

ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ހޯދަން ސަރުކާރާކާއެކު މަސައްކަތް ކުރަން ކުރީގެ މަސީ، މިހާރުގެ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ސަރުކާރާއެކު މަސައްކަތް ކުރަން ކޮމެޓީއެއް ހަދައިފި އެވެ. 

ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ހޯދަން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެމްއެންއޭސީއައި އިން ނެރުނު ބަޔާނެއްގައި ބުނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ދޫކުރަން ޖެހޭ ފައިސާ ލަސްވެ ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ނުލިބި ފައިސާ އެބަހުރި ކަމަށެވެ. އަދި މި ފައިސާ ހޯދުމަށާއި މަސައްކަތް ކުރުމަށްފަހު އިންވޮއިސް ހުށަހެޅުމުން ވެސް ފައިސާ ލިބުން ލަސްވުމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއެކު މަސައްކަތް ކުރަން ހާއްސަ ވަގުތީ ކޮމެޓީއެއް އެ ޖަމިއްޔާއިން ހަދާފައިވާ ކަމަށެވެ. 

އެމްއެންއޭސީއައި ކޮމެޓީގެ މެންބަރުން

  • ކޮމެޓީގެ ޗެއާ - އިބްރާހިމް މުއްތޮލިބް
  • ވައިސް ޗެއާ - މަސީގެ ހަޒާންދާރު ހަސަން ހަބީބު
  • ހިންގާ ކޮމެޓީގެ މެންބަރު އަމްޖަދު މުސްތޮފާ
  • ހިންގާ ކޮމެޓީގެ މެންބަރު މުހައްމަދު ޝާކިރު
  • މުހައްމަދު ޖަލާލް ވަޖީހު
  • މަސީގެ ސެކްޓަރީ ޖެނެރަލް އަދުނާން ހަލީމް

އެ ޖަމިއްޔާ އިން ބުނީ މި ކޮމެޓީގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާއިރު ކަމާ ގުޅުންހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ގުޅިގެން މި މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. 

ރާއްޖޭގެ އިކޮނޮމީގެ ހިންގުމުގައި ކޮންޓްރަކްޝަން ސިނާއަތް މުހިންމު ރޯލެއް ކުޅެ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޕީއެސްއައިޕީ އަށް ފައިސާ ޗާޕުކޮށްގެން މަޝްރޫއު ހިންގިނަމަވެސް ކޮންޓްރެކްޓަރުންނަށް ނުލިބި އެތައް މިލިއަން ރުފިޔާއެއް ހުއްޓެވެ.  މި މައްސަލައަށް ހައްލު ހޯދަން މަސީން މިދިޔަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާވެސް ބައްދަލުކުރި އެވެ. ނަމަވެސް ހައްލެއް ނުލިބެ އެވެ. މިހެންއޮއްވައި އެ ވެރިކަން ނިމި ވެރިކަން ބަދަލުވީ އެވެ. އަދި މި ސަރުކާރުން މި ފައިސާގެ ބައެއް ފިނޭންސުން ދޫކުރަން ފެށިނަމަވެސް މާލީ ދަތިތަކާއެކު އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ. މިހާރު އަންދަޒާ ކުރެވޭ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.