އެލައިޑް ޗައިލްޑް އެޑިޔުކޭޝަން ޕްލޭން ޑިސްކައުންޓް އޮގަސްޓް ނުވައެއްގެ ނިޔަލަށް ނެގޭނެ

އެލައިޑުގެ އިސްލާމިކް ވިންޑޯ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މި ޕްރޮމޯޝަންގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށެވެ.

އެލަޑުން މައުލޫމާތު ދެނީ : އެލައިޑް ޗައިލްޑް އެޑިއުކޭޝަން ޕްލޭންގެ ފުރުސަތުތަވަނީ ހުޅުވާލާފަ

އެލައިޑުގެ ޗައިލްޑް އެޑިޔުކޭޝަން ޕްލޭން ހެޔޮ އަގުގައި ގަނެވޭނެ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ދީފި އެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މި ޕްރޮމޯޝަންގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، މިހާރު ޕްރޮމޯޝަންގެ މުއްދަތު ވަނީ އަންނަ އޮގަސްޓް ނުވަ ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. 

އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓެއް އަދިވެސް ލިބޭނެ އެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެހީވެދޭ ޕެލޭނެކެވެ.

ސޭވިންގެ އިތުރުން، މި ޕްލޭންގެ އެންމެ ހާއްސަ ސިފައަކީ "ރައްކާތެރިކަން" ކަމުގައި އަޔާދީއިން ފާހަގަކުރެ އެވެ. އެގޮތުން މިޕްލޭން ނެގުމަށްފަހު ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީއިން ކަވަރުކޮށްދެ އެވެ. މި 

ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.