އިގްތިސޯދީ ދުވެލި ބާރު، ތިން މަހުން ޖީޑީޕީއަށް ބޮޑު ކުރިއެރުން

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީން ދައްކާ ގޮތުގައި މި މުއްދަތުގައި އިގްތިސޯދީ ދުވެލި ވަނީ 8.8 ޕަސެންޓް ކުރި އަރާފަ އެވެ.

މާލޭގެ ބަނދަރު : އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓޫރިޒަމް ސިނާއަތަަށް

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުތަވަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މިދިޔަ އަހަރަށްވުރެ ބާރުވެފައިވާ ކަމަށާ މި އަހަރުގެ ފުރަަތަމަ ތިން މަހު ޖީޑީޕީ ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފާގެ މަތިން ސަރުކާރުން އިގްތިސޯދު ހަރުދަނާ ކުރަން މާލީ އިސްލާހީ އެޖެންޑާއެއް އިމްޕްލިމެންޓް ކުރަން ފަށާފައި ވަނިކޮށް، ސްޓެޓިސްޓިކް ބިއުރޯރިން އާއްމު ކުރި ޖީޑީޕީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖީޑީޕީގެ ސައިޒު ނުވަތަ އަގު ހުރީ 27,363 ބިލިއަން  ރުފިޔާގަ އެވެ. 

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެން 2,444 ބިލިއަން ރުފިޔާ އިތުރު އަަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 2,208 ބިލިއަން ރުފިޔާގެ އިތުރު ވުމެކެވެ. 

ޖީޑީޕީ މިންގަނޑު - ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) އަކީ ގައުމެއްގައި އުފެއްދޭ ތަކެއްޗާއި ދެވޭ ހިދުމަތްތަކުގެ ޖުމްލަ އަގު ކަމަށް ވާއިރު ޖީޑީޕީ ގައުމެއް ކުރިއަރާ މިންވަރު ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޝަން އެވެ. މި ހިސާބުތައް ސްޓެޓިސްޓިކް ޑިޕާޓްމަންޓުން އިން ހާމަކުރަނީ ކޮންމެ ކުއާޓަރެއް ނިމޭތާ ތިން މަސް ދެ މަސް ފަހުންނެވެ. 

ތިން މަހު އިގްތިސޯދުގެ ދުވެލި 8.8 ޕަސެންޓް ކުރިއެރި

ސިނާއަތްތަކުން ޖީޑީޕީގެ ކުރިއެރުމުގެ ހިއްސާ: އެންމެ ބޮޑީ ޓޫރިޒަމް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީން ދައްކާ ގޮތުގައި މި މުއްދަތުގައި އިގްތިސޯދީ ދުވެލި ވަނީ 8.8 ޕަސެންޓް ކުރިއަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު ދުވެލި ބާރު މިނެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގްތިސޯދީ ދުވެލި ވަނީ 9.8 ޕަސެންޓް ކުރިއަރާފަ އެވެ. 

ހިސާބުތައް ދައްކާ ގޮތުގައި ޖުމްލަ ޖީޑީޕީގެ ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ގެނެސްދިން ދާއިރާއެއްގެ ގޮތުގައި ދައްކަނީ ޓޫރިޒަމް ސިނާއަތެވެ. މި ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ ވެސް ޓޫރިޒަމް ސިނާއަތެވެ. މި ސިނާއަތުގެ ހިއްސާ އުޅެނީ އެއީ 2.3 ޕަސެންޓުގަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައި ވަނީ ދަތުރުފަތުރާއި ޕޯސްޓް އާއި މުއާސަލާތީ ހިދުމަތުގެ ދާއިރާއިން ނެވެ. އެއީ 2.1 ޕަސެންޓެވެ. 

ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ނުވަތަ ނޮމިނަލް ޖީޑީޕީ ނަމްބަރު 100 ބިލިއަން ރުފިޔާ އަށް އަރާފައި ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގަ އެވެ. 

ޖީޑީޕީ ނަމްބަރު އެކުލަވާލާ ގޮތް - ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޓަރެވެ. ނުވަތަ މިންގަނޑެވެ. ޖީޑީޕީ ދެގޮތަކަށް ދައްކަ އެވެ. އެއް ގޮތަކީ "ނޮމިނަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ.

ދެވަނަ ގޮތަކީ "ރިއަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ. ރާއްޖޭގައި ރިއަލް ޖީޑީޕީ މިހާރު އަންދާޒާ ކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގަށް ބަލައިގެންނެވެ. ރިއަލް ޖީޑީޕީ އެކުލަވައި ލެވެނީ މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލުތައް ނުހިމަނަ އެވެ. އެހެންވެ ގައުމެއްގެ އުފެއްދުންތެރިކަންކުރިއަރާ މިންވަރު ދެނެގަނެވޭނީ ރިއަލް ޖީޑީޕީ އިންނެވެ. ނޮމިނަލް ޖީޑީޕީ އާއި ރިއަލް ޖީޑީޕީގެ ފަރަގަކީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން އުފެއްދުންތެރިކަމަށް އަންނަ ބަދަލު ތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.