ސޯޝަލް ސާވިސްއަށް ގެނެވުނު ބަދަލާއެކު ދެ އާއިލާގެ ހާލަތު ބަދަލުކޮށްފި

ލީނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިންނެވެ. މިއަހަރުގެ ނިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ 24 ކުދިންނެވެ.

ކުޑަކުދިންތަކެއް: ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން އެބަތިބި

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުގައި އޮންނަ ފެމެލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމަންޓްގެ ހިންގުމަށް ގެނެވުނު ބޮޑެތި ބަދަލުތަކާއެކު ދެ އާއިލާއެއްގެ ހާލަތު ބަދަލުކޮށްދެވިފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފި އެވެ.

މީގެ ކުރިން އެޑިޕާޓްމަންޓަށް ހުށަހަޅާ މައްސަލަތައް ގިނަވެ އޮތީ ފުނިޖެހިފަ އެވެ. ކުރީގައި މައްސަލަތައް ބަލާ އުސޫލަކީ، ކުޑަކުދިންގެ މައްސަލަތަކަށް ވަކި ކޭސްވޯކަރުންތަކެއް އަދި ބޮޑެތި މީހުންނާ ގުޅޭ މައްސަލަތައް ބަލަން ވަކި ކޭސްވޯކަރުންތަކެއް ހަމަޖައްސާފައި ތިބުމެވެ. ނަމަވެސް ވަކިވަކި އާއިލާތަކަށް ކޭސްވޯކަރުން ހަމަޖައްސައި އުސޫލު މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިއަދު ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން އެ ޑިޕާޓްމެންޓްގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ލީނާ ވިދާޅުވީ ގެނެވުނު ބަދަލާއެކު މައްސަލަތަކުގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް ފަސޭހަ ވެފައިވާ ކަމަށެވެ. 

މި ބަދަލާއެކު، ފަސް ކުދިން ތިބި އާއިލާއެއްގެ ހާލަތު ބަދަލުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން އެ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު، ކުދިންގެ މަންމަ ހުރީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ އެވެ. ލީނާ ވިދާޅުވީ އާ ކޮންސެޕްޓަށް މަސައްކަތްކޮށް މަންމަގެ ހާލަތާއި ކުދިންގެ ހާލަތު ބަދަލުކޮށްދެވިފައިވާ ކަމަށެވެ. އެ ފަސް ކުދިން ވެސް މިހާރު ތިބީ މަންމަ ކައިރީ ކުދިންގެ ރަށުގަ އެވެ.

އަނެއް އާއިލާގައި ތިން ކުދިން ތިބިއިރު ކުދިންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށެވެ. ބެލެނިވެރިޔާއަށް ކުދިންނަށް ބޭނުންވާ  ޒަރޫރީ ކަންކަން ވެސް ފޯރުކޮށްނުދެވޭތީ އެކުދިން ތިބީ ދައުލަތަށް ނަގާފަ އެވެ. ނަމަވެސް ލީނާ ވިދާޅުވި ގޮތުގައި ކުރީ އާއިލާއެކޭ އެއްފަދައިން މަސައްކަތްކޮށް، އެކުދިންނަށް ވަޒީފާގެ ފުރުސަތު ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކުދިން މިހާރު ތިބީ ބެލެނިވެރިޔާ ކައިރީ ކަމަށާއި ދިރިއުޅުމުގެ ހާލަތު ވެސް ރަގަޅު ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިން

ލީނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިންނެވެ. މިއަހަރުގެ ނިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވަނީ 24 ކުދިންނެވެ. ހަތަރު ކުދިން ފޮސްޓަ ކޮށްފައިވާއިރު، 13 ކުދިން ވަނީ އަނބުރާ މުޖުތަމައުއަށް ނެރެފަ އެވެ. އަދި މި މަސްތެރޭގައި އިތުރު 10 ކުދިން މުޖުތަމައުއަށް ނެރެވޭނެ ކަމުގެ ފުރުސަތު އޮތް ކަމަށް ވެސް ލީނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ މިއަހަރުގެ މޭ މަހުގެ ނިޔަލަށް މުޅި ރާއްޖެއިން 18 ދަށުގެ ކުދިން 828 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި، 18 އަހަރުން މަތީގެ އެކަމަކު 65 އަހަރު ނުވާ މީހުންގެ 222 މައްސަލަ އެ ޑިޕާޓްމެންޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ލީނާ ވިދާޅުވީ ގެނެވުނު ބަދަލާއެކު ތަނުގެ ވޯކް ލޯޑް ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.