މާލެ މަތީން އުދުހުނީ އިޓަލީގެ ފައިޓާޖެޓްތަކެއް، ހަތަރު ޖެޓު ވީއައިއޭގައި ލޭންޑުކޮށްފި

މިދިޔަ އޮގަސްޓު މަހު ވެސް އިޓަލީގެ ހަތަރު މަތިންދާބޯޓު އެއާޕޯޓުގައި ލޭންޑުކުރުމުން އާންމުންގެ ސަމާލުކަމަށް އައެވެ. ކުރިން ހުއްދަ ނަގައިގެން މިފަދަ ބޯޓުތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަދެ، އެއާޕޯޓުގައި ލޭންޑުކުރެވެ އެވެ.

މިއަދު އެއާޕޯޓަށް ލޭންޑުކުރި ފައިޓާޖެޓުތައް -- ފޮޓޯ: ސޯޝަލްމީޑިއާ/އެކްސް

އިޓަލީގެ ހަތަރު ފައިޓާ ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ލޭންޑުކޮށްފި އެވެ. 

މައުލޫމާތު އެނގޭ ފަރާތަކުން "މިރާ"އަށް ބުނީ ދެންމެގެ ވަގުތެއްގައި ވީއައިއޭއަށް ޖެއްސި ހަނގުރާންމަތީ މަތިންދާބޯޓުތަކަކީ އިޓަލީގެ އެއާފޯސްގެ އުޅަނދުތަކެއް ކަމަށެވެ. މިއަހަރުގެ ކުރީކޮޅު ވެސް އިޓަލީގެ ފައިޓާޖެޓުތަކެއް އެއާޕޯޓުގައި ޖައްސާފައި ވެއެވެ. 

އިޓަލީގެ ފައިޓާ ޖެޓުތަކެއް ވީއައިއޭގައި ޖެއްސީ ޓެކްނިކަލް ސްޓޮޕެއްގެ ގޮތުގަ އެވެ. ޓެކްނިކަލް ސްޓޮޕްތަކުގައި ކުރޫ ރެސްޓިން އަދި ތެޔޮ އެޅުން ފަދަ ކަންކަން ކުރެ އެވެ. 

ފައިޓާ ޖެޓެއް ބްރިޖްމަތީން ވީއައިއޭއަށް ޖައްސަން ދަނީ -- ދަ މިރާ

ރިފިއުލް ކުރުމާއި އެހެނިހެން ބޭނުންތަކަށް، ބޭރުގެ މަތިންދާބޯޓުތަކަށް ހުއްދަ ނަގައިގެން ރާއްޖެއަށް ޖެއްސޭނެ އެވެ. އެކަމުގެ ހުއްދަ ކުރިއާލައި ނަގަން ޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީންނެވެ.

މި ބޯޓްތައް މާލެ މަތީން ވަނީ އުދުހިފަ އެވެ. ބާރުގަދަ އަޑާއެކު ގިނަ ބަޔަކު މަގުތަކަށް ނިކުތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.