ގާސިމްގެ ޝަކުވާ: ހޯޑެއްދޫ ފެކްޓަރީ ފަށަން ކުރީ ސަރުކާރުން ލޯނު ނުދިން

ގާސިމް ވިދާޅުވީ އެ ކުންފުނިން މަސްވެރިކަމަށް 250 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުގައި އެދުނީ 100 މިލިއަން ރުފިޔާގެ ލޯނެއް ހޯދަން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަދި ކުރީގެ ރައީސް އިބްރާހިމް ރައީސް ސޯލިހު

ހޯޑެއްދޫ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެންނަން 100 މިލިއަން ރުފިޔާގެ ލޯނެއް ދޭން ކުރީ ސަރުކާރުގައި އެދުމުން ނުދިން ކަމަށް ބުނެ ހޮރައިޒަން ފިޝަރީޒްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

މަހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ބެހޭ ގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިދިޔަ ސަރުކާރުން ފައިސާ ދިން ކަމަށާ ނަމަވެސް ހޮރައިޒަންގެ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ލޯނެއް ދޭން އެދުމުން ނުދިން ކަމަށެވެ. 

"އަޅުގަނޑުމެންނަކީ 250 މިލިއަން ޑޮލަރު މަސްވެރިކަމަށް އިންވެސްޓްކޮށްގެން ތިބި ބައެއް. ކޮންމެ ކަމެއްގައި ވެސް އިންސާފެއް އޮންނަންވާނެ. ހަމަހަމަކަމެއް. ކުރީ ސަރުކާރުގައި އަޅުގަނޑުމެން ދެންނެވިން 100 މިލިއަން ރުފިޔާގެ ލޯނެއް ދޭން ހޯޑެއްދޫ ފެކްޓްރީ ފަށަން. އެކަމަކު އެ ނުދެއްވި،" ގާސިމް ވިދާޅުވި އެވެ. 

ހޮރައިޒަން ފިޝަރީޒް އަށް ހޯޑެއްދޫން 13.5 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފައި ވަނީ 17 އަހަރުގެ މުއްދަތަށެވެ. ނަމަވެސް އެ ފެކްޓްރީގެ އޮޕަރޭޝަން މިހާތަނަށް ހިންގަމުންނެއް ނުދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.