100 ޗާޓާޑް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން ސްކޯލާޝިޕެއް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މީގެ ތެރެއިން 50 ފުރުސަތު ދޭނީ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ.

ދަސްވެނިވުމުގެ ފޮޓޯއެއް: --

ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރުމަށް ސްކޯލާޝިޕްގެ 100 ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރުމުގެ 100 ފުރުސަތު ހުޅުވާލަނީ ޕަބްލިކް ކެޓަގަރީ އާއި އޯޕަން ކެޓަގަރީއެއް ހިމެނޭ ގޮތުން ކަމަށެވެ. ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ. އަދި ދެވަނަ ކެޓަގަރީއަކީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ.

އެމިނިސްޓްރީން ހުޅުވާލި މި ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ މިމަހުގެ 31 ވާ ބުދަ ދުވަހުގެ 13:00 އެވެ. 

މި ސްކޮލަޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (ސީއައިއެމްއޭ) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ.

މި ސްކޯލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގެޒެޓުކޮށްފަ އެވެ. މި ސްކޯލާޝިޕަށް އެޕްލިކޭޝަން ފޯމު ހުށަހަޅާނީ https://myedu.egov.mv މެދުވެރިކޮށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.